Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވުމުގެ ހުއްދަދީފި

ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވުމުގެ ހުއްދަދީފި

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މުވައްޒަފުން ތިބި ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތަކުގެ އިތުރުން ޑޭ ކެއާ ސެންޓަރުތައް ހުޅުވުމުގެ ހުއްދަ ދީފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ޓިއުޝަން ސެންޓަރުތަކާއި ޤުރްއާން ކްލާސްތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުން ވެކްސިން ޖަހަން ވާނެ ކަމަށާއި އެއީ ކިޔަވަން އަންނަ 18 އަހަރުން ދަށުގެ ކުދިންނަކީ އަދި ވެކްސިން ނުޖެހޭނެ ކުދިން ކަމުގައިވާތީ ކަމަށެވެ.

"ހައި ރިސްކު އެކުދިންނަށް އޮވޭ. އެހެން ކަމަށް ވާތީ ޓިއުޝަން ސެންޓަރުތަކާއި ޤުރްއާން ކުލާހުގައި ތިއްބަވާ ޓީޗަރުން ވެކްސިން ޖެއްސެވުމަށް ފަހު ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެކީގައި އެ ކުލާސްތައް އަލުން އޮޕަރޭޓް ކުރަން ފެއްޓޭނެ" މަބްރޫކް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެއިތުރުން މަބްރޫކް ވިދާޅުވީ، ޑޭ ކެއާރ ސެންޓަރު ތަކުގައި ވެސް އެއް ގައިޑްލައިނަކަށް ޢަމަލު ކުރަން ޖެހޭނެ ކަމަށާއި އެ ސެންޓަރުތަކުގައި ތިއްބަވާ ހުރިހާ މުވައްޒަފުންނަކީ ވެކްސިން ޖަހައިފައިވާ މުވައްޒަފުންތަކެއްކަން ކަށަވަރު ކުރުމަށް ފަހުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޑޭކެއާ ސެންޓަރުތައް ވެސް އޮޕަރޭޓު ކުރެވޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް