ކުޅިވަރު

ޑެންމާކު އަތުން މޮޅުވެ ފުރަތަމަ ފަހަރަށް އިންގްލޭންޑް ޔޫރޯ ފައިނަލަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޔޫރޯ2020ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ޑެންމާކާއި އިންގްލޭންޑް ބައްދަލުކުރި މެޗު އިންގްލޭންޑުން ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ އެ ޓީމުން ކަށަވަރު ކޮށްފިއެވެ.

މިއީ އިންގްލޭންޑް ޔޫރޯގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އިންގްލޭންޑުން މިރޭގެ މެޗު ކާމިޔާބު ކުރީ 2-1ގެ ފަރަގު ކުޑަ ނަތީޖާއަކުންނެވެ.

އިންގްލޭންޑުން މެޗުގެ ބޮޑުބައެއް ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ޑެންމާކުންނެވެ. އެއީ މެޗުގެ 30ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ މިކެލް ޑެމްސްގާޑް ކާމިޔާބު ކުރި ހިތްގައިމު ލަނޑެކެވެ. މިއީ ޔޫރޯ 2020ގައި އިންގްލޭންޑް ކޮޅަށް ވަން ފުރަތަމަ ގޯލެވެ.

ޑެންމާކުގެ ގޯލާއެކު އިންގްލޭންޑުގެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 39ވަނަ މިނެޓުގައި އިންގްލޭންޑުން ވަނީ ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ އިންގްލޭންޑުން އުފެއްދި ހަމަލާއެއްގައި ޑެންމާކު ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. 90 މިނެޓު ހަމަވީއިރު ވެސް ނަތީޖާ ވަނީ ހަމަހަމަވެފައެވެ. މެޗުގައި އިންގްލޭންޑުން ލީޑު ނެގީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޓީމުގެ ކެޕްޓަން ހޭރީ ކޭން ޖެހި އެ ޕެނަލްޓީ ޑެންމާކުގެ ކީޕަރު ފުރަތަމަ ދިފާއު ކުރި ނަމަވެސް ރިބައުންސްގައި އޭނާ ވަނީ އެ ބޯޅަ ގޯލަށް ފޮނުވައިލައިފައެވެ.

މިއީ އިންގްލޭންޑަށް ލިބުނު ވަރަށް ބޮޑު ތާރީޚީ މޮޅެކެވެ. ސަބަބަކީ 1996ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލަށް ފަހު މިފަދަ ބޮޑު މުބާރާތެއްގެ ފައިނަލަށް އިންގްލޭންޑް ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ.  ފައިނަލުގައި އިންގްލޭންޑް ވާދަކުރަން ޖެހޭނީ އިޓަލީއާއެވެ.

  1. ކޭން

    1996ވަނަަ އަހަރުުގެެ ވޯލްޑްކަޕ؟