Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ނަޝީދު އަވަހާރަކޮށްލަން ފައިސާ ހުށަހެޅި ވާހަކަ ހިއްސާ ނުކުރީ އެއީ މައުލޫމާތެއް ނޫން ކަމަށް ވާތީ: މާރިޔާ

ރައީސް ނަޝީދު އަވަހާރަކޮށްލަން ފައިސާ ހުށަހެޅި ވާހަކަ ހިއްސާ ނުކުރީ އެއީ މައުލޫމާތެއް ނޫން ކަމަށް ވާތީ: މާރިޔާ

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު ގުޅުއްވާފައި ވިދާޅުވި ކަމަށާއި އެވާހަކަތައް އިންޓެލިޖެންސްއާ ހިއްސާ ނުކުރީ އެއީ މައުލޫމާތެއް ނޫން ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ފޯނުން ގުޅުއްވައި ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު 3 މިލިޔަން ރުފިޔާ ނަގައިފައިވާ ކަމަށް އިލްޔާސް ލަބީބް ވިދާޅުވި ކަމަށާއި އަދި އެކަން ފުލުހުންނާ ހިއްސާ ކުރަން އެ ކަމަނާ އިލްޔާސަށް ދަންނަވައިފައިވާ ކަމަށެވެ.

"އިލްޔާސް ލަބީބު ވިދާޅުވީ، ތިން މިލިއަން ޑޮލަރު ދީގެން ރައީސް މުޙައްމަދު ނަޝީދު މަރައިލަން އުޅޭކަމުގެ ވާހަކައެއް ތިމަންނަ ކައިރީގައި މީހަކު ބުންޏޭ. ދެން އަޅުގަނޑު ދެންނެވީ، ފައިސާ ދީގެން މީހަކު މެރުމަކީ ޖިނާއީ ކުށެކޭ. އެހެންވީމާ، ފުލުހުންނާ ތި ޙިއްޞާކުރައްވާށޭ. އެ ނިމުނީ. މާ ގިނައިރަކު ދެއްކެވި ވާހަކައެއް ނޫން. ހަމަ ވަރަށް ސިމްޕަލްކޮށް މިހެން ވިދާޅުވެފައި ދެން ބޭއްވެވީ. ދެން މަޢުލޫމާތު ފޯރުކޮށްދެއްވައްޗޭ. އިތުރު ފޯނު ކޯލެއް، އެ އެއްޗެއްގެ ވާހަކައެއް، ގުޅޭނެ ގޮތެއް އެކަހަލަ އެއްޗެއް ފޯރުކޮށްދޭށޭ އަޅުގަނޑު ދެންނެވިން" މާރިޔާ އިންކްއަރީއަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މާރިޔާ ވިދާޅުވީ، އިލްޔާސްގެ ވާހަކަތައް އެއްވެސް ފަރާތަކާ ހިއްސާ ނުކުރައްވާ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރީ އެއީ މައުލޫމާތު ނޫން ކަމަށް ވާތީ ކަމަށެވެ.

"ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯނު ކޯލެއް. މަޢުލޫމާތެއް ނޫން. އެއީ މަޢުލޫމާތެއްކަމަށް އަޅުގަނޑު ބަލަނީ، މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ކޮންމެވެސް ގޮތެއް އަޅުގަނޑަށް ފޯރުކޮށްދެއްވި ކަމަށް ވަންޏާ" މާރިޔާ ވިދާޅުވިއެވެ.

ނަމަވެސް އިލްޔާސް ލަބީބު ޙިއްޞާކުރެއްވި ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވި ވާހަކަތަކަކީ މުހިންމު މަޢުލޫމާތުތަކެއް ކަމާއި، އެ މަޢުލޫމާތުތަކަކީ އެމް.އެން.ޑީ.އެފްގެ ކަމާބެހޭ ފަރާތްތަކާ މިނިސްޓަރ ޙިއްޞާކުރައްވައި އެކަމާ ގުޅިގެން އެމް.އެން.ޑީ.އެފްއިން ފިޔަވަޅު ތަކެއް އަޅަންޖެހޭނެ ފަދަ ވާހަކަތަކެއް ކަމަށް އިންކުއަރީއަށް ގަބޫލު ކުރެވޭ ކަމަށް އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް