ކުޅިވަރު ފުޓްބޯޅަ ޔޫރަޕް

އިންގްލެންޑަށް ކާމިޔާބީއަށް އެދެމުން ރާނީގެ ޚިޔާލުތައް މީގެ 55 އަހަރު ކުރިޔަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
1966 ވަނަ އަހަރު އޮތް ވޯލްޑްކަޕްގެ ޗެންޕިއަން ދަށި އިންގްލެންޑާ ހަވާލުކޮށްދެއްވީ ރާނީ އެލިޒިބަތް

ޔޫރޯގެ ފައިނަލް މެޗްގައި މިފަހަރު އިޓަލީއާ ދެކޮޅަށް އިންގްލެންޑް ނިކުންނަ އިރު މިއީ 55 އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ފައިނަލަށް އިންގްލެންޑް ދަތުރު ކުރާ ފުރަތަމަ ފަހަރެވެ.

Ads by Sosun Fihaara

ބޮޑު މުބާރާތެއްގެ ފައިނަލުގައި އިންގްލެންޑް އެންމެ ފަހުން ކުޅުނީ އަމިއްލަ ގައުމުގައި 1966ގައި ބޭއްވި ވޯލްޑް ކަޕުގައެވެ. އެ ފަހަރު އެ ގައުމުން ޗެމްޕިއަންކަން ހޯދިއެވެ. މިއީ ޔޫރޯގެ ފައިނަލަށް އިންގްލެންޑް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. މި އާއެކު އެ ޤައުމުގެ ގިނަ ބައެއްގެ ކަޅި މި މެޗަށް ވަނީ ހުއްޓިފައެވެ.

މީގެ ތެރެއިން އެކަކީ އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒިބަތެވެ. ރާނީ ވަނީ މެޗްގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުޅުންތެރިންނަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވައިފައެވެ. މި ސިޓީގައި އެކަމަނާ ވިދާޅުވެފައި ވަނީ އިންގްލެންޑަށް މިއީ ތާރީޚީ މެޗަކަށްވާނެ ކަމަށާއި 55 އަހަރަށް ފަހު އަނެއްކާ ވެސް އެޤައުމުން ތަށި އުފުލައިލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މުޅި ޤައުމު މިވަނީ އެކުވެރިވެފައި. މިއީ ފުޓްބޯޅައިގެ އެކުވެރި ކަމެއް. ކާމިޔާބީއަށް އެދެން." ރާނީ ފޮނުވި ސިޓީގައި ވިދާޅުވިއެވެ.

ރާނީ ވިދާޅުވީ އެކުވެރިކަމާ އެކު އެކައްޗެއްގެ ގޮތުގައި ކުޅެ، ތާރީޚީ ނަތީޖާއެއް ނެރެދިނުމަށް އެދިލައްވާ ކަމަށެވެ. އަދި މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ކުޅުންތެރިންގެ ހިތްވަރަށް ސާބަސްދެއްވާ ކަމަށް ވިދާޅުވިއެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި އިންގްލެންޑް ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!