ޚަބަރު

ހައިރިސްކް ޤައިދީން އަނބުރައި ޖަލަށް ބަދަލުކުުރުމަށް ނިންމައިފައެއް ނުވޭ: ކަރެކްޝަންސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން ޖަލުގައި ތިބި ހައިރިސްކު ގައިދީން ގެއަށް ބަދަލު ކުރުމަށް ފަހު އަނބުރައި ޖަލަށް ގެންދިއުމަށް މިހައިތަނަށް ނިންމައިފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނުން ބުނެފިއެވެ.

Ads by STELCO

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ ކޯވިޑާ ގުޅިގެން ގެއަށް ބަދަލުކުރުވުނު ހުރިހާ ގައިދީން ވެސް ޖަލަށް ބަދަލު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ޖަލަށް ގައިދީން ބަދަލު ކުރުމަށް އަދި ވަކި ތާރީހެއް ކަނޑައަޅައިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލުތަކުގައި ކޮވިޑް-19 ފެތުރޭތީ އެ ބަލި ޖެހުމުން ނުރައްކާ ބޮޑުވާ ފަދަ ނުވަތަ ހައިރިސްކު ހުރިހާ ގައިދީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރަން ސަރުކާރުން ނިންމަވައިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަހުމަދު މުހައްމަދުފުޅު އޭރު ވިދާޅުވީ ހައިރިސްކް ހުރިހާ ގައިދީން ވަގުތީ ގޮތުން ގެއަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި އެއީ ޖަލުތަކުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމުގައި ވެސް އަހުމަދު މުޙައްމަދުފުޅު ވިދާޅުވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!