ޚަބަރު

ހިންނަވަރު ބަނދަރު އެއްގަމުތޮށި ލުމަށް ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: އެމްޓީސީސީ

ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

Ads by Hajj Corporation

އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނީ ޅ. ހިންނަވަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް  މި ޖުލައި މަހުގެ 11 ވަނަ ދުވަހު ފަށައިފައިވާ ކަމަށެވެ.

ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މިމަޝްރޫއު ނިންމާލެވޭނެ ދުވަހެއް އެމްޓީސީސީން ބުނެފައެއް ނުވެއެވެ. އެމްޓީސީސީން ބުނެފައި ވަނީ މަސައްކަތް ކުރަނީ ވީއެންމެ އަވަހަކަށް ބަނދަރުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ރާއްޖޭގެ ރަށްރަށުގައި ހިންގާ ގިނަ ޕްރޮޖެކްޓްތަކެއް މިހާރުވެސް އެމްޓީސީސީން ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އަދި ހަމައެހެންމެ ކޮވިޑް19ގެ ސަބަބުން ބޮޑެތި ގޮންޖެހުން ތަކެއްކުރިމަތި ވީނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހުއްޓައިނުލާ ކުރިއަށްގެންދާނެކަމަށް ސަރުކާރުން ވެސް ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!