Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސައްހަ ނޫން ލިޔެކިޔުންތަކެއްގައި ރާއްޖެ އެތެރެވާން އުޅުނު 200 އަށް ވުރެ ގިނަ މީހުން ހިފަހައްޓައިފި

ސައްހަ ނޫން ލިޔެކިޔުންތަކެއްގައި ރާއްޖެ އެތެރެވާން އުޅުނު 200 އަށް ވުރެ ގިނަ މީހުން  ހިފަހައްޓައިފި

ސައްހަ ނޫން ލިޔެކިޔުންތަކެއްގައި ރާއްޖެ އެތެރެވާން އުޅުނު 200އަށް ވުރެ ގިނަ މީހުން ހިފަހައްޓައިފިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޭކް ލިޔެކިޔުންތަކަކާ އެކު ރާއްޖެ އެތެރެވާން އުޅުނު 248 މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފައިވާކަމަށެވެ.

https://twitter.com/hanafymv/status/1416000722798186497

Advertisement
Ooredoo — Square (box)

 

"ސައްހަ ނޫން ހޮޓެލް ބުކިންތަކަކާއެކު ރާއްޖެ އެތެރެވާން އުޅުނު 248 މީހަކު އިމިގްރޭޝަނުން އިއްޔެ ވަނީ ހިފަހައްޓައިފަ. ފްރައުޑް ދެނެގަތް ސެކިއުރިޓީ އޮފިސަރުންނަށް ޝުކުރިއްޔާ." ކޮންޓްރޯލަރގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް ރައްކާތެރިކަމާ އެކު ބަލަހައްޓާނެކަމުގެ ޔަގީންކަން ވެސް ކޮންޓްރޯލަރ ވަނީ މި ޓްވީޓްގައި ދެއްވައިފައެވެ.

ރާއްޖޭގައި ކޮވިޑް19 ގެ ހާލަތު ގޯސްވެ، ރަައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރި އިރު ދެކުނު އޭޝިޔާއިން އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ. އަދި ހާލަތު ރަނގަޅުވުމުން އޭރު ހަރުކަށި ކުރި ފިޔަވަޅުތަކަށް ލުއި ދީ ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލީ އިއްޔެ އެވެ. އެއާއެކު ދެކުނު އޭޝިޔާގެ ގައުމުތަކުން ގިނަ އަދަދެއްގެ މީހުން ރާއްޖެއަށް އަންނަން ބުކިން ހައްދައިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް