ލައިފްސްޓައިލް

ކޮވިޑް-19 ޖެހޭ މީހުންގެ ވިސްނުން ބަލިކަށިވާ ކަމަށް ދިރާސާއަކުން ދައްކައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހި ބަލިން ފަސޭހަވާ މީހުންގެ ވިސްނުން ބަލިކަށިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ދަ ލޭންލެޓް ޖާނަލްގައި ޝާއިއުކޮށްފައިވާ "ކޮންގްނެޓިވް ޑިފިސިޓްސް އިން ޕީޕަލް ހޫ ހޭވް ރިކަވާޑް ފްރަމް ކޮވިޑް-19" ދިރާސާ ހަދައިފައި ވަނީ މި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް 81،337 މީހުން ޓެސްޓުކޮށް އެ ޓެސްޓްތަކުގެ ނަތީޖާގެ ބޭނުންކޮށްގެނެވެ، ޓެސްޓް ކުރި މީހުންގެ ތެރެއިން ތެރެއިން ގާތްގަަނޑަކަށް 13،000 މީހުންނަކީ ކޮވިޑް-19 ޖެހި ރަނގަޅު ވެފައި ތިބި މީހުންނެވެ. މިއީ އިންޕީރިއަލް ކޮލެޖް ލަންޑަން، ކިންގްސް ކޮލެޖް އަދި ޔުނިވަރސިޓީ އޮފް ކޭންރިޖް އެކުވެ ހެދި ދިރާސާއެކެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި އެންމެ ބޮޑަށް ވިސްނުން ބަލިކަށިވެފައިވާކަން ފާހަގަ ވެފައިވަނީ ވެންޓިލޭޓަރުގައި ފަރުވާ ހޯދި މީހުންނެވެ.

މި ސާވޭތަކުގެ ނަތީޖާ ދެއްކި ގޮތުގައި ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންނަށް ކަންކަން ރާވަން ނޭނގުމާއި، މައްސަލައެއް ޖެހުމުން އެކަން ހައްލު ކުރާނެ ގޮތް ނޭނގުމުގެ އިތުރުން ކަންކަން ފަސޭހައިން ކިޔައިދޭން ވެސް ވަނީ ނޭނގިފައެވެ. ނަމަވެސް މިފަދަ މައްސަަތައް ކޮވިޑް ނުޖެހި ތިބި މީހުންގެ ކިބައިން ފެނިފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

"ނަތީޖާއިން ފެންނަ ގޮތުގައި ކޮވިޑް ޖެހި ރަނގަޅުވެފައި ތިބޭ މީހުންގެ ސިކުނޑިއަށް ވަރަށް ބޮޑަށް އަސަރުކޮށްފައި. އެމީހުންނަށް ކަންކަމާމެދު ރަނގަޅަށް ވިސްނައިލުމަށް ދަތިވޭ، އަދި ބައެއް ބަސްތައް ބުނަން ވެސް ދަތިވާކަން ފާހަގަވޭ" ދިރާސާ ރިޕޯޓުގައި ބުނެފައިވެއެވެ.

މިދިރާސާގައި ކޮވިޑް-19 ޖެހުމުގެ ކުރިންނާއި ފަހުން ޓެސްޓްކޮށްފައި ވަނީ އެންމެ 275 ބައިވެރިންނެވެ. މިހެންކަމުން ވިސްނުން ބަލިކަށި ވަނީ ހަމައެކަނި ކޮވިޑް-19 ޖެހުމުގެ ސަބަބުން ކަމެއް ސީދާ ބުނަން ދަތި ކަމަށް ވެސް ދިރާސާ ރިޕޯޓުގައި ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!