ދުނިޔެ

ބޫޓާނުގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ހަފްތާއެއްގެ ތެރޭ ވެކްސިން ޖަހައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޫޓާނުގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް އެންމެ 7 ދުވަސް ތެރޭ ވެކްސިން ޖަހައިފިކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

Ads by Sosun Fihaara

އެގައުމަށް ބޭރުގެ އެހީގެ ގޮތުގައި ހަދިޔާ ކުރި ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމްގައި ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމަކީ ސިއްހީ ގޮތުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ބޫޓާނުގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ޔުނިސެފުން ބުނި ގޮތުގައި ކޮވިޑް19ގެ މިބަލި މަޑުކަމުގެ ތެރޭގައި އެންމެ އަވަހަށް މިހާ ބޮޑު އާބާދީއަކަށް ވެކްސިން ޖެހުނު ފުރަތަމަ ގައުމަކީ ބޫޓާނެވެ.

ޔުނިސެފުގައި ހުންނަވާ ބޫޓާނުގެ ރެޕްރެޒެންޓޭޓިވް ވިލް ޕާކް ވިދާޅުވި ގޮތުގައި މިއީ ބޫޓާނުގެ ތާރީހުގައި ވެސް އެގައުމަށް ލިބުނު ކާމިޔާބެކެވެ. އަދި ވެކްސިން އިތުރަށް ހުރި ގައުމުތަކުން، ވެކްސިން ނެތް ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

"އަހަރުމެން ވަރަށް ބޭނުން ވެކްސިން އިތުރަށް ހުރި ގައުމުތަކުން ވެކްސިން ނެތް ގައުމުތަކަށް ހަދިޔާކޮށްދޭން. ބައެއް ގައުމުތަކަށް އަދި ކޮވިޑްގެ އެއްވެސް ވެކްސިނެއް ލިބިފައެއް ނުވޭ" ޕާކް ވިދާޅުވިއެވެ.

ޕާކް ވަނީ ދުނިޔޭގެ އެހެން ގައުމުތަކުން ބޫޓާން މިސާލެއްގެ ގޮތުގައި ބަލައި އަވަހަށް ރައްޔިތުންނަށް ވެކްސިން ޖެހޭނެ ގޮތް ހައްދަވައިދެވުމަށް އެދިފައެވެ. އަދި ބޫޓާން ފަދަ ވަސީލަތްތައް މަދު ގައުމުތަކަށް ސިއްހީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެސް ޕާކް ވަނީ އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!