ދައުރު ނިމުމުގެ ކުރިން ރައްޔިތަކަށް ހިދުމަތެއް ކޮށްދިނުން މާ އައުލާކަން ބޮޑު: ޝިޔާމް
ދައުރު ނިމުމުގެ ކުރިން ރައްޔިތުންނަށް ހިދުމަތެއް ކޮށްދިނުން މާ އައުލާކަން ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައި ވަނީ މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭ ވަރަށް ވުރެ ބޮޑު ބިލެއް ކަމަށް ޑރ. މުޢިއްޒު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، ކަރަންޓު ބިލު ބޮޑުވެގެން މިއަދު މި ޖެހޭ އުނދަގުލާއި ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.
ޝިޔާމް ވިދާޅުވީ ހުރިހާ ބާރަކާ އެކީ 3 އަހަރުވުމުން ރައްޔިތުންނަށް އެވާހަކަތައް ވާނީ ޖޯކަކަށް ކަމަށާއި އަދި އެ ވާހަކަތައް ނުދައްކާ ދައުރު ނިމުމުގެ ކުރިން ރައްޔިތުންނަށް ހިދުމަތް ކުރުން މާ އައުލާކަންބޮޑު ކަމަށެވެ.
“ބައްލަވާ އަދިވެސް ތިޔަ ހާސަރުތައް ހުއްޓޭކަށް ނުވޭތޯ. ހުރިހާ ބާރަކާ އެކީ 3 އަހަރު ވީމަ ރައްޔިތުންނަށް ތި ވާހަކަތައް ވާނީ ޖޯކަކަށް. ކަންފަތްޕުޅަށް އަޑު ގެންދަން ކޮންމެ ފަހަރަކު ރައްޔިތުން މިޖެހެނީ އޮބި އަޅަން. ދައުރު ނިމުމުގެ ކުރިން ރައްޔިތަކަށް ހިދުމަތެއް ކޮށްދިނުން މާ އައުލާކަންބޮޑު” ޝިޔާމް ވިދާޅުވިއެވެ.
ޙާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ޙާލުގައި ޖެހޭ ގޮތް ވެފައިވާ ކަމަށާއި ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން ޖެހިފައިވާކަމަށް ވިދާޅުވެ ޑރ. މުޢިއްޒު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ އެކަން އެގޮތަށް ދިމާވީ ޑރ. މުޢިއްޒު އިންނެވި ކެބިނެޓަކުން ދެކޮޅު ނުޖެހޭ އިޤްތިޞާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން ކަމަށެވެ.
ސިޔާމުމެން ވެރިކަމަށް ގެންނަންވީ. ޢާ ފަހެ ކިރެވުނީ ހުސް ވައްކަން ވިއްޔާ. ޜައްޔިތުންގެ ހައްްްގު ގާ.