ޚަބަރު

ތަކަންދޫ މޮނިޓަރިންއަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ފްލޫ ކުލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވެގެން ތަކަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

Ads by Hajj Corporation

"ދެން" އަށް މަޢުލޫމާތު ދެއްވަމުން އެރަށު ކައުންސިލުންގެ ރައީސް ހުސެއިން ނަދީމް ވިދާޅުވީ ބައްޔަށް ފައްސިވެފައި ވަނީ އަންހެނެއް ކަމަށާއި އެމީހާއަކީ މިދިޔަ 14 ދުވަހުގެ ތެރޭގައި ރަށުން ބޭރަށް ދަތުރުކޮށްފައި ނުވާ މީހެއް ކަމަށެވެ.

"ފައްސިވި މީހާއަކީ ދަތުރުކޮށްފައިވާ މީހެއް ނޫން. ރަށު ތެރޭގައި ކޮވިޑް-19 އުޅޭ ކަމަށް ބެލެވެނީ އެހެންވެ" ރަށް މޮނިޓަރިންގްގެ ހާލަތަށް ގެނައި ސަބަބު ހާމަ ކުރަމުން ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ 14 ރަށެއް މޮނިޓަރިންގައި މިހާރު އެބައޮތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!