Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިންޓަނެޓާ ގުޅޭ ޝަކުވާ ހުށަހަޅަން ޚާއްސަ ނަންބަރެއް ތައާރަފްކޮށްފި

އިންޓަނެޓާ ގުޅޭ ޝަކުވާ ހުށަހަޅަން ޚާއްސަ ނަންބަރެއް ތައާރަފްކޮށްފި

އިންޓަނެޓާ ގުޅޭ ޝަކުވާ ހުށަހަޅަން ސަރުކާރުގެ ފަރާތުން ހާއްސަ ނަންބަރެއް ތައާރަފްކޮށްފިއެވެ.

"ނެޓްހެޔޮ" ޕްރޮގްރާމުގެ ނަމުގައި ސަރުކާރުން އިންޓަނެޓަށް ގެނެސްދިން ބަދަލާ ގުޅޭގޮތުން އެންވަޔަރަމެންޓް މިނިސްޓްރީއިން މިއަދު ބުނީ، އެ ޕްރޮގްރާމްގެ ބޭނުމަކީ އިންޓަނެޓްގެ ހިދުމަތް ހުރިހާ ގޮތަކުން ވެސް ރަގަޅުކުރުން ކަމަށެވެ. އެހެންކަމުން ސަރުކާރުން ގެނައި ބަދަލާ އެއްގޮތަކަށް އިންޓަނެޓްގެ ހިދުމަތް ނުލިބޭ ނަމަ ޝަކުވާ ހުށަހަޅަން ހާއްސަ ނަންބަރެއް މިހާރު ވަނީ އާންމުކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެ ގޮތުން އިންޓަނެޓާ މެދު ޝަކުވާ ހުށަހަޅަން އެ މިނިސްޓްރީން ތައާރަފްކުރި ހޮޓްލައިން ނަންބަރަކީ "1515" އެވެ.

Advertisement
Ooredoo — Square (box)

އެންވަޔަރަމަންޓް މިނިސްޓްރީން ބުނިގޮތުގައި މި ހޮޓްލައިންއާއެކު އެ މިނިސްޓްރީގެ އަމާޒަކީ އިންޓަނެޓު ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުވުން ކަމަށެވެ.

ރާއްޖޭގެ އިންޓަނެޓްގެ އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅުތަކުގައި ހިމެނޭ ވައުދެކެވެ. އެގޮތުން އިންޓަނެޓްގެ އަގުތަކަށް ބަދަލު ގެނެސް، އެ އަގުތައް އިއުލާންކުރީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް