ޚަބަރު

ތަކަންދޫ ކޮވިޑްގެ ހާލަތު: ބަލި މުޖްތަމައުއަށް ފެތުރި ގިނަބަޔަކަށް ޖެހިފައިވެދާނެ ކަމަށް ގަބޫލު ކުރެވޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް-19 ގެ ވޭދަނައެއް ފެނި މި ދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ ހއ.ތަކަންދޫން ކޮންމެ ދުވަހަކުވެސް ކޮވިޑް-19ގެއާ ވޭދަނަތައް ފެންނަ ކަމަށާއި ފުރަތަމަ ވޭދަނަ ފެނުނުއިރު ވެސް މުޖްތަމައުއަށް ބަލި ފެތުރި ގިނަ ބަޔަކަށް ބަލިޖެހިފައިވާނޭ ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރަށުގެ ހާލަތާ ބެހޭ ގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް ހުސައިން ނައީމް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ބަލީގެ އާ ވޭދަނަތައް ފެންނަމުންދާ ކަމަށާއި މިހާރު ޖުމްލަ 10މީހަކަށް ބަލި ޖެހިފައިވާ ކަމަށެވެ.

"ކޮންމެ ދުވަހަކުވެސް އާ ކޭސްތަކެއް ފެންނަމުން މިދަނީ. މިހާރު ޖުމްލަ 10 މީހަކަށް ބަލި ޖެހިފައިވާއިރު އެންމެ ފުރަތަމަ ކޭސް ފެނުނުއިރު ވެސް ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައި ވާކަމަށް މި ބެލެވެނީ. ގިނަ ބަޔަކަށް ބަލި ޖެހިފައިވާ ކަމަށް. އާއްމުކޮށް ބަލި ޖެހިފައި އައިޑެންޓިފައި ނުކުރެވި ރަނގަޅުވެފައިވާކަމަށް ވެސް ބެލެވޭ" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ރަށުގެ އާއްމު ހާލަތު މިވަގުތު ރަނގަޅު ކަމަށާއި ރަށުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް ބޯލަނބައި އެ ރަށުގައި ފިޔަވަޅުތައް  އަޅައިފައިވާކަމަށެވެ. އަދި ރަށުގެ ހުރިހާ ރައްޔިތުން ވެސް އެ ގައިޑްލައިންތަކަށް ތަބާވާ ކަމަށާއި ރައްޔިތުންގެ ކިޔަމަންތެރިކަމަށް ޝުކުރުވެރިވާކަމަށް ނައީމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!