Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރިލްވާން ގެއްލުވައިލި މައްސަލަ ނުބަލަން ރައީސް ޔާމީން ދުވަހަކު ވެސް ނާންގަވާ: އުމަރު ނަސީރު

ރިލްވާން ގެއްލުވައިލި މައްސަލަ ނުބަލަން ރައީސް ޔާމީން ދުވަހަކު ވެސް ނާންގަވާ: އުމަރު ނަސީރު

ގެއްލުވައިލައިފައިވާ މިނިވަން ނޫސްވެރިޔާ އަހުމަދު ރިލްވާން ޢަބަދުﷲގެ މައްސަލަ ނުބަލަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދުވަހަކު ވެސް ނާންގަވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އެ ފަދައިން އެންގެވި ކަމަށް އުމަރު ވިދާޅުވި ކަމަށް ބުނެ ރާއްޖެއެމްވީން ލިޔެފައިވާ ޚަބަރަކަށް ރައްދު ދެއްވަމުން، އުމަރު މިއަދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

"މި މައްސަލަ ނުބެލުމަށް ނުވަތަ ހުއްޓާލުމަށް ރައީސް ޔާމީން ދުވަހަކު ވެސް އަޅުގަޑު ކައިރީ ވިދާޅުވެފައެއް ނުވޭ. މިއީ ކަނޑައެޅިގެން 'އޯވަރވެލްމް'ގެ މާނަ އޮޅޭ ގޮތަށް ލިޔެފައިވާ ޚަބަރެއް." އުމަރު ނަސީރު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ނޫސްވެރިޔާ ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 8ވަނަ ދުވަހުން ފެށިގެންނެވެ. އެ މައްސަލަ ބަލައި، އެކަމުގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރެވިފައި ވަނީ ވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް އިއްޔެ ވެސް ރައީސް ޔާމީން ވަނީ ރިޔާސީ މަރު ކޮމިޝަނަށް ހާޒިރު ކޮށްފައެވެ. ނަމަވެސް ތަހުގީގުގައި ސުވާލު ކުރުމުން އެމަނިކުފާނު ހުންނެވީ ހަނު ކަމަށް އެ ކޮމިޝަނުން އިއްޔެ ވަނީ މައުލޫމާތު ދެއްވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް