Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޙަފްލާތައް ބާއްވަން ހުއްދަ ދީފި

ޙަފްލާތައް ބާއްވަން ހުއްދަ ދީފި

ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ޙަފްލާތައް ބާއްވަން ހުއްދަ ދީފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ގޮތަށް ހުއްދަ ދީފައި ވަނީ، މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް ދަށްވާން ފެށުމުންނެވެ.

މީގެ ކުރިން ލުއި ދީފައި ވަނީ ވަކި އަދަދަކަށް މީހުންނަށް ހާޒިރު ވެވޭ ގޮތަށެވެ.

Advertisement
Allied Insurance — Square (box)

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވީ ޙަފްލާތަކާއި ޕާޓީތައް ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމަށް ހުއްދަ ދީފައި ވަނީ، މީހުންގެ އަދަދު ކަނޑަނާޅައި ކަމަށެވެ.

މީހުންގެ އަދަދު ކަނޑަނާޅައި ޙަފްލާތަކުގައި މީހުންނަށް ބައިވެރިވެވޭ ގޮތަށް ހުއްދަ ދިން ނަމަވެސް، ޤަވާއިދުތަކާއި އުސޫލުތަކަށް ސަމާލުވެ، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އިސްކަން ދިނުމަށް ޑރ. ނަޒްލާ ނަސޭޙަތްތެރިވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް