ޚަބަރު

ޕީސީއާރ ޓެސްޓާ ނުލައި ދަތުރު ކުރެވޭ ގޮތަށް ހަދަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޕީސީއާރ ޓެސްޓަކާ ނުލައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ ތެރެއިން 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާ ނަމަ އެ ރަށަކަށް ދަތުުރު ކުރެވޭނެ ކަމަށް އެޗްއޯސީއިން މިއަދު ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، މި އުސޫލަށް އަމަލު ކުރަން ފަށާނީ ސެޕްޓެންބަރު މަހު 1އިން ފެށިގެން ކަމަށެވެ. އަދި ރަށްރަށުން ވެކްސިން ޖަހަން ޖެހޭ އާބާދީގެ ތެރެއިން 90 ޕަސެންޓު މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށް ރަށްރަށުން އެ ރަށްރަށަށް އަންނަ މަހުން ފެށިގެން ޕީސީއާރު ޓެސްޓެއް ނެތި ދަތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއީ 12 އަހަރުން މަތީގެ ވެކްސިން ޖަހާ އުމުރުފުރައިގެ 90 އިންސައްތަ މީހުން ވެކްސިން ފުރިިހަމަ ކުރުމުން ދެވޭ ލުޔެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިއަދު ވަނީ 12 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދޭން ފަށަން ސަރުކާރުން ނިންމައިފައެވެ.

މީގެ އިތުރުން ނަޒްލާ ވިދާޅުވީ، ގެސްޓް ހައުސް ހިންގާ ރަށްރަށުގެ ތެރެއިން އެ ތަންތަނުގެ މުވައްޒަފުންގެ 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރަން ޖެހޭނެ ކަމަށާއި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އާބާދީގެ ތެރެއިން 90 ޕަސެންޓު މީހުން ވެކްސިން ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.

ނަޒްލާ ވިދާޅުވީ، ވެކްސިން ނުޖަހާ މީހުން އަންނަ މަހުން ފެށިގެން ރަށްރަށަށް ދަތުރު ކުރާ ނަމަ ކަރަންޓީންވާން ޖެހޭނެ ކަމަށާއި އަދި ކަރަންޓީނުން ވީއްލަން ނަގާ ސުންކަށް ވެސް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!