ލައިފްސްޓައިލް

30 ދުވަހުގެ ޗެލެންޖަކާ އެކު މި ދެމަފިރިންގެ ދިރިއުޅުން ބަދަލު ކޮށްލި ގޮތް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޓެއްސެއް ބުނި ބުނުމަށް 30 ދުވަހުގެ ޗެލެންޖެއް ފުރިހަމަކޮށް ނިމުނުއިރު އެ ދެމަފިރިންގެ ގައިން އެތައް ކިލޯއެއް ލުއިވުން ވެގެން ދިޔައީ މީހުން ހައިރާންކުރުވި ކަމަކަށެވެ.

Ads by STELCO

އެމެރިކާގެ އަވަށެއް ކަމަށްވާ ޓެރެ ހައުޓޭގައި ދިރިއުޅުމުން ދާ މި ދެމަފިރިންނަކީ ދިރިއުޅުމުގައި ދިމާވި ކޮންމެ ކަމެއްގައި އެކުގައި އުޅުނު ދެ މީހުންނެވެ. މާބޮޑަށް ފަލަވުމުގެ ސަބަބުން އެތައް ބައެއްގެ ފަރާތުން މަލާމާތާއި ފުރައްސާރަ ކުރިމަތިވިއެވެ. އެހެން ނަމަވެސް ދެމީހުން ދެމީހުންނަށް ހިތްވަރުދީ ކުރިޔަށް ދިޔައެވެ.

އެ ދެމީހުން ކައިވެނި ކުރި ދުވަހާ ހަމަޔަށް އަންހެން މީހާގެ ބަރުދަނުގައި 219 ކިލޯ ހުއްޓެވެ. އަދި ފިރިހެންމީހާގެ ބަރުދަނުގައި އޭރު ހުރީ 217 ކިލޯއެވެ. އެ ދުވަހު ކަންތައްތައް ދިމާވި ގޮތުން އެ ދެ މީހުން ވެސް ބަރުދަން ލުއި ކުރަން ބޭނުންވިއެވެ.

ލުއި ކާނާ ކެއުމާއި ސިއްޙަތައް ބެލުމެއް ނެތި ކޮންމެ ދުވަހަކު ވެސް 4،000 -6،000 ކެލެރީގެ ކާތަކެތި މި ދެމީހުން ކައި އުޅުނެވެ. މާ ބޮޑަށް ފަލަވެ، އާންމު ދިރިއުޅުމުގައި ކުރަން ޖެހުނު އެތައްކަމެއް ކުރަން އުނދަގޫވި ހިސާބަށް ދިޔައެވެ. މިއާ އެކު ރައްޓެއްސެއް ބުނި ބުނުމަށް އެ ދެމަފިރިން ދެން ތައްޔާރުވީ 30 ދުވަހުގެ ޗެލެންޖަކަށެވެ.

އެ ޗެލެންޖުގައި 30 ދުވަސް ހަމަވަންދެން އެއްވެސް ކަހަލަ ލުއި ކާނާއެއް ނުކެވޭނެއެވެ. އަދި ކަސްރަތު ކުރުމާއި، ކޮންމެ ދުވަހަކު ވެސް ވަކި ކެލެރީއެއް ހިމެނޭ ބާވަތްތައް ކެއުން ހިމެނެއެވެ. މިއާ އެކު ކޮންމެ ހަފްތާއެއްގެ 5 ދުވަހު އެ ދެމަފިރިން ކަސްރަތުކުރުމާއި ސިއްހަތަށް ފައިދާހުރި ކާނާ ކާން ފެށިއެވެ.

ހަފްތާއެއް ނިމިގެން ދިޔައިރު ދެމީހުންގެ ހަށިގަނޑުން ފެނުނު ބަދަލާ އެކު އަޒުމް ވަރުގަދަވިއެެވެ. 30 ދުވަހުގެ ޗެލެންޖު ނިމިގެން ދިޔަ ނަމަވެސް އެ ޗެލެންޖު ގިނަ ދުވަހަކަށް ދިގު ދެމިގެން ދިޔައެވެ. އެގޮތުން 730 ދުވަސް ފާއިތުވެ ދިޔައިރު ދެމީހުންގެ ގައިން 182 ކިލޯ ލުއިވިއެވެ.

މި ދެމަފިރިންގެ ވާހަކައިން އެތައް ބަޔަކު އިބުރަތް ހާސިލުކުރިއެވެ. އެއްވެސް ކަމަކީ ނުވާނެ ކަމެކޭ ހިތަށް ނޭރުވުމަށާއި ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް އަޒުމް ވަރުގަދަކޮށް އެކަމެއް ކުރަން މަސައްކަތް ކުރުމަށް އެމީހުން ނަސޭހަތްތެރިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!