އަފީފަކީ އެމްޑީޕީގެ މެމްބަރެއްތޯ އާޒިމް ސުވާލު އުފައްދަވައިފި
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަކީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރެއްކަމާ މެދު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ސުވާލު އުފައްދަވައިފިއެވެ.
އާޒިމް މިގޮތަށް ސުވާލު އުފައްދަވައިފައި ވަނީ، "ރައީސް ޞާލިހް ހުންނެވީ އަދާލަތު ޕާޓީގައި ނޫންކަމެއް ވެސް ނޭނގޭ" ކަމަށް އަފީފް ވިދާޅުވި ޚަބަރު ޓްވީޓް ކުރައްވަމުންނެވެ.
ދިވެހި ޗެނަލްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަފީފް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލައިގައި އެ މަނިކުފާނަށް މާބޮޑު ކަމެއް ނުވާ ކަމަށް ވިދާޅުވެފައި ވަނީ، އަދާލަތު ޕާޓީއަށް ނިސްބަތްވާ ހޯމް މިނިސްޓަރު އިމްރާން ކަމަށާއި، ރައީސް ޞާލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިބީ އަދާލަތު ޕާޓީގެ މެންބަރުން ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޞާލިޙަކީ އަދާލަތު ޕާޓީގެ މެންބަކަށް ނުވާ ކަމެއް ވެސް ނޭނގޭ ކަމަށެވެ.
ރައީސް ޞާލިޙް އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަން ވެސް ޔަގީން ނުވާކަމަށް އަފީފް ވިދާޅުވެފައިވާ ވިދާޅުވުމަކަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ، އެމްޑީޕީގެ އެއްވެސް މަޖިލީސް މެމްބަރަކު އެފަދަ ގޮތަކަށް ވިދާޅުވާނެ ކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށެވެ.
"އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެމްޑީޕީގެ އެއްވެސް އެމްޕީއަކު މިހެނެއް ވިދާޅެއް ނުވާނެ" އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އަފީފު މިގޮތަށް ވާހަކަފުޅު ދެއްކެވުމުން އެމްޑީޕީގައި ހިމެނޭ ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ އަފީފަށް ފާޑު ކިޔުން އަމާޒު ކުރަމުންނެވެ. އަދި އަފީފް ސަރުކާރާ ދެކޮޅުވެގެން އުޅެނީ ސަރުކާރުން ލިބޭ ޕްރޮޖެކްޓްތައް މަދުވުމުން ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.
އެމްޑީޕީން 2008ގަ ބުރަމަސައްކަތުން ގެނާ ސަރުކާކު ވެއްޓުނީ އަފީފުގެ ނާގާބިލް ކަމުން އަފީފަ 6އިކަ މީހުންކޮންޓްރޯލްނުވެގެން އަދިވެސް މިއުޅެނީ އެކަމުން ސަލާމެއް ނުވެވިގެން އެހެންވީމަ އަފީފަ އެގޭނެ އަގައަރުވާ އިރު އަފީފުގެ ސައިޒަކީ ކޮބާކަ