Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

އެމެރިކާއިން ރާއްޖެއަށް ފައިޒާ ވެކްސިންގެ 128،700 ޑޯޒް ހަދިޔާކޮަށްފި

އެމެރިކާއިން ރާއްޖެއަށް ފައިޒާ ވެކްސިންގެ 128،700 ޑޯޒް ހަދިޔާކޮަށްފި

ކޮވިޑް-19އިން ރައްކާތެރިވުމަށް ފައިޒާ ވެކްސިން ބަޔޯއެންޓެކް ވެކްސިންގެ 128،700 ޑޯޒް އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.

ފައިޒާ ވެކްސިންގެ އިތުރު ޝިޕްމަންޓެއް ރާއްޖެއަށް ހަދިޔާ ކުރުމުގެ ގޮތުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ މިއަދު ރާއްޖެއަށް ހަދިޔާ ކޮށްފައި މިވާ ވެކްސިނަކީ ކޯވެކްސް މެދުވެރިކޮށް ސީދާ އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ފައިޒާ ވެކްސިންގެ ޑޯޒްތަކެއް ކަމަށެވެ.

މިއަދު ހަދިޔާ ކުރި މި ވެކްސިން ޑޯޒްތައް ޖަހާނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކަމަށް ވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މުޅި ދުނިޔޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތަށް ތަޢުރީފު ކުރައްވައި އަދި އެމެރިކާއިން ވެކްސިން އެންމެ ފުރަތަމަ ފޮނުވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުއްވީތީ އެމެރިކާ ސަރުކާރަށް މިނިސްޓަރ ނަސީމް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ކޮވިޑް-19ގެ ޕެންޑެމިކް ފެށުނީއްސުރެ އެމެރިކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ ދީލަތި އެހީތަކަށް ޝުކުރު އަދާ ކުރައްވައި، އެކަށީގެންވާ ގޮތެއްގައި ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް މި އެހީ ދިވެހި ސަރުކާރަށް މުހިއްމުވިކަން ނަސީމް ފާހަގަ ކުރެއްވިއެވެ.

އަދި ފައިޒާ ވެކްސިން ލިބުމުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭނެކަން މިނިސްޓަރ ނަސީމް ފާހަގަކުރެއްވިއެވެ.

<img class="alignnone wp-image-108388 size-full" src="https://cdn.dhen.mv/wp-content/uploads/2021/08/IMG-20210809-WA0000.jpg" alt="" width="1280" height="960" />

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު، އެލައިނާ ޓެޕްލިޓްޒް ވަނީ ދިވެހި ސަރުކާރާ އެމެރިކާ ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ކޮވިޑް-19އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ދިވެހިރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެއްވައިފައިވެއެވެ.

އެގޮތުން 2 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި، އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީ.ޕީ.އީ (ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް)އާއި ޕީ.ސީ.އާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވެއެވެ. އަދި އައި.އޭ.އީ.އޭއާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށް ވެސް އެހީ ފޯރުކޮށްދީފައިވެއެވެ.

<img class="alignnone wp-image-108389 size-large" src="https://cdn.dhen.mv/wp-content/uploads/2021/08/20210809_161955-1024x768.jpg" alt="" width="1024" height="768" />

އެމެރިކާއިން ހަދިޔާކުރި ވެކްސިން ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އދއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހެސްވެލް، ޔުނިސެފް ކަންޓްރީ ރެޕްރެޒެންޓޭޓިވް މަރްޖާން މޮންތަޒޭމީ، ޑަބްލިޔު.އެޗް.އޯ ރެޕްރެޒެންޓޭޓިވް ޑރ ނަޒްނީން އަންވަރު، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ޑިފެންސްގެ އިސް ބޭފުޅުންނާއި، ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް