ބެލެނިވެރިންގެ ކެތްތެރިކަން ކޮޅުންލައި ހިރިމަރަދޫ ދަރިވަރުން މިއަދު ސުކޫލަށް ނުފޮނުވި
ހިރިމަރަދޫ ސުކޫލުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ މައްސަލަތަކުގެ ޝަކުވާތައް ކޮށް މައްސަލަތައް ހަައްލުވެފައި ނުވާތީ، އެ މައްސަލަތައް ހައްލުވަންދެން ދަރިވަރުން ސުކޫލަށް ނުފޮނުވަން ނިންމައިފިއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ހިރިމަރަދޫ ކައުންސިލް މެމްބަރު މުހައްމަދު އަރްޒާން ވިދާޅުވީ ސުކޫލުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ބެލެނިވެރިން އެދޭތާ 8 ވަރަކަށް އަހަރުވެފައިވާ ކަމަށާއި މައްސަލަތައް ހައްލުނުވެ ގިނަ ދުވަސް ވަމުންގޮސް އެންމެފަހުން ގޮސް ބެލެނިވެރިންގެ ކެތްތެރިކަން ކޮޅުންލައި ދަރިވަރުން ސުކޫލަށް ނުފޮނުވީ ކަމަށެވެ.
"ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ރަށުގައި ކިޔަވައިދެއްވާ ބައެއް ބޭރު ޓީޗަރުންނަށް ނަތީޖާ ނުނެރެވި އަށެއްކަ އަހަރުވީއިރު ވެސް ބަދަލު ނުކުރުން. ދިވެހި ޓީޗަރުން ކުރާ މަސައްކަތާ އެއްވަރަށް ވެސް އެޓީޗަރުން މަސައްކަތެއް ނުކުރޭ. މިހާ ދުވަސް ވާއިރު ނަތީޖާ ނުނެރެވެންޏާ އެބަ ޖެހޭ ދެއްތޯ ފިޔަވަޅެއް އެޅެން" އަރްޒާން ވިދާޅުވިއެވެ.
އަރްޒާން ވިދާޅުވީ އެރަށު ސުކޫލުގައި މިވަގުތު ވެސް ހުންނެވީ ބޭރުގެ ޕްރިންސިޕަލެއް ކަމަށާއި، ޕްރިންސިޕަލްގެ ފަރާތުން ވެސް ބެލެނިވެރިންގެ އުއްމީދު ކުރިވަރާ ގާތަށް ވެސް ކަންކަން ރަނގަޅުކުރެވިފައި ނުވާއިރު ދިރާސީ އާ އަހަރަށް ސުކޫލު ތައްޔާރުކޮށްފައިވެސް ނުވާ ކަމަށެވެ.
އަދި ސުކޫލުގައި ކިޔައިވައި ދެއްވާ ވަކި ޓީޗަރެއްގެ މައްސަލަ ބެލެނިވެރިން ހާއްސަގޮތެއްގައި ފާހަގަކޮށްފައިވާއިރު އެޓީޗަރަކީ ދީނަށް ފުށުއަރާ ވީޑިޔޯތަކަކާއި ކުޑަކުދިންނަށް ދައްކަން ނުޖެހޭ މަންޒަރުތަކެއް ދެއްކި މައްސަލައިގައި ށ.ފޭދޫ ސުކޫލުގެ ބެލެނިވެރިން ނުކުމެ މުޒާހަރާކޮށް ބޭރުކޮށްލަން ތައްޔާރުވެފައި ހުއްޓާ ހިރިމަރަދޫއަށް ގެންދިޔަ ޓީޗަރެއްކަމަށް އަރްޒާން ވިދާޅުވިއެވެ.
"އެ ޓީޗަރަކީ ލެސަން ޕްލޭން ހަދާ ޓީޗަރެއް ނޫން. އަނެއްކާ ސުކޫލަށް ކިޔަވައިދޭން ދާއިރު ދަނީ ފައިވާނަށް އަރައިގެން. ލެސަން ޕްލޭނެއް ނެތި ކިހިނެތްތޯ ކިޔަވައިދޭނީ. އަނެއްކާ މިއަދު އަޅުގަނޑަށް މައުލޫމާތު ލިބިއްޖެ ފޭދޫ ސުކޫލުގައި ހިނގިފަދަ އަމަލުތަކެއް މިރަށުގައި ވެސް ހިނގިކަމަށް. އެކަން މިއަދު ވާނީ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި. ދެން މިވަރުގެ ޓީޗަރެއް އެބަ ޖެހޭ ނޫންތޯ ވަގުތުން ބޭރު ކުރަން ވެސް. ފިޔަވަޅުއަޅަން ވެސް" އަރްޒާން ވިދާޅުވިއެވެ.
އަރްޒާން ވިދާޅުވީ ސުކޫލަށް ދަރިވަރުން ނުފޮނުވި މައްސަލަ ހައްލުކޮށްދިނުމަށް މިއަދު ޑެޕިއުޓީ މިނިސްޓަރ އެރަށަށް ވަޑައިގަންނަވާފައިވާ ކަމަށާއި އެހެން ނަމަވެސް މައްސަލަތަކަށް ހައްލެއް ނުލިބެނީސް ދަރިވަރުން ސުކޫލަށް ނުފޮނުވާނެކަމަށް ބެލެނިވެރިން ބުނަމުންދާ ކަމަށެވެ.
ޢެޑިޔުކޭޝަންް މިނިސްޓަރހަމަކަޑައީީ މީީ ރާއްޖޭގެެ އެންމެެ ކަޑަަ އެޑިޔުކޭޝަންް މިނިސްޓރއިބޫޫ ސޮލޯލީީ އަށްް ޝުކުރިއްޔާ
ސާބަހޭ ތިގޮތުގަ ހިފަހައްޓާލާ
ނަތީޖާ ނުނެރެވެންޏާ ސުކޫލަށް ގެން ދިއުމުގެ ބޭނުމެއްނެތް
ދީނަށް ފުރައްސާރަ ކުރާ ޓީޗަރު ހިފަހައްޓާ ބަހައްޓާފަ ހިތާނުކުރޭ