ކުޅިވަރު ފުޓްބޯޅަ

މެސީ ދެން ކުޅޭނީ ޕީއެސްޖީއަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އާޖެންޓީނާގެ ފުޓުބޯޅަ ތަރި ލިއޮނަލް މެސީ ބާސެލޯނާއާ އެކު ހަދައިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެއްބަސްވުން އާ ނުކުރެވުމުގެ ސަބަބުން ބާސާ ދޫކޮށްލައިފައިވާއިރު އޭނާ ދެން ފެންނާނީ ފްރާންސްގެ ޕީއެސްޖީން ކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.

Ads by MWSC

ރިޕޯޓްތައް ބުނާގޮތުގައި މެސީ ވަނީ ޕީއެސްޖީއަށް ބަދަލުވާން އެއްބަސްވެފައެވެ. އެކުލަބުން މެސީއަށް އަހަރަކަށް 35 މިލިއަން ޔޫރޯގެ މުސާރައެއް ދޭނެއެވެ. ޕީއެސްޖީއާ އެކު މެސީ ދެ އަހަރުގެ އެއްބަސްވުމެއް ހަދާނެކަމަށް ރިޕޯޓްތައް ބުނެފައިވާއިރު އެ އެއްބަސްވުން އިތުރު އެއް އަހަރަށް އައު ކުރެވޭނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

2004ވަނަ އަހަރު ބާސެލޯނާއިން ފުޓުބޯޅަ ކެރިއަރު ފެށި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ އޭނާ އެންމެ ކުރިންސުރެން ކުޅެމުން އަންނަ ކުލަބު ސްޕެއިންގެ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަމަށް އެ ކުލަބުގެ މެނޭޖްމަންޓުގައި ވެސް މީގެ ދުވަސްތަކެއް ކުރިން ވަނީ ބުނެފައެވެ.

6 ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވާ މެސީ އުމުރުން 17 އަހަރުން ފެށިގެން ކުޅެމުން އަންނަ ކުލަބަކީ ބާސެލޯނާއެވެ. 2004 ވަނަ އަހަރުން ފެށިގެން މެސީ އަންނަނީ ބާސެލޯނާގެ ސީނިއާ ޓީމުގައި މުހިއްމު ދައުރެއް އަދާ ކުރަމުންނެވެ. އަދި ބާސެލޯނާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި ވެސް މެސީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!