ކުޅިވަރު ފުޓްބޯޅަ

މެސީއާއެކު ފޭނުން ޕީއެސްޖީ އިންސްޓަގްރާމަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެފްސީ ބާސެލޯނާއަށް ކުޅެމުން އައި މޮޅު ކުޅުން ތެރިޔާ ލިއޮނެލް މެސީ ދެ އަހަރުގެ އެއްބަސްވުމެއްގައި ފީއެސްޖީ އަށް ބަދަލުވާން މިއަދު ނިންމުމާއެކު ޕީއެސްޖީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު ބޮޑުތަނުން މަތިވެއްޖެއެވެ.

Ads by STELCO

މެސީއަކީ އިންސްޓަގްރާމްގައި ދެވަނައަށް އެންމެ ބޮޑު ފޭންބޭސްއެއް އޮންނަ ކުޅުންތެރިޔާއެވެ.

ޕީއެސްޖީއަށް ކުޅޭކަން އިއުލާން ކުރުމުގެ ކުރިން ޕީއެސްޖީ އިންސްޓަގްރާމް ޕޭޖް ފޮލޯ ކުރަމުން އައީ 19.8 މިލިޔަން މީހުންނެވެ. އެހެންނަމަވެސް މިހާރު އެ ޕޭޖް 40 މިލިޔަނަށްވުރެ ގިނަ މީހުން ފޮލޯ ކުރެއެވެ. އަދި ފޮލޯވަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

މުސާރައިގެ ގޮތުގައި އަހަރަކު 41 މިލިއަން ޑޮލަރު ޕީއެސްޖީން މެސީއަށް ދޭންވަނީ ނިންމާފައެވެ.

2004 ވަނަ އަހަރު ބާސެލޯނާއިން ފުޓުބޯޅަ ކެރިއަރު ފެށި ދުނިޔޭގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ލިއޮނަލް މެސީ އޭނާ އެންމެ ކުރިންސުރެން ކުޅެމުން އަންނަ ކުލަބު ސްޕެއިންގެ ބާސެލޯނާ އިން ވަކިވީ ބާސާގެ މާލީ ހާލަތުގެ ސަބަބުންނެވެ.

ޕީއެސްޖީގައި މެސީ ބޭނުންކުރާނެ ޖޯޒީ ނަންބަރެއް އަދި ފައިނަލެއް ނުވެއެވެ. ބާސާގައި މެސީ ކުޅެމުން އައީ ޖާޒީ ނަންބަރު 10 އަކަށެވެ. އެހެންނަމަވެސް ޕީއެސްޖީގައިގައި 10 ނަންބަރު ޖޯޒީ ބޭނުންކުރަނީ މެސީއާ އެކު ބާސާ އަށް ކުރިން ކުޅުނު ނޭމާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!