Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އެމްޑީޕީ އެކަތިގަނޑަކަށް ހެދުމަށް ކުރަން ޖެހޭ ކަންތައްތައް އެބަ ކުރަން: ރައީސް ޞާލިޙް

އެމްޑީޕީ އެކަތިގަނޑަކަށް ހެދުމަށް ކުރަން ޖެހޭ ކަންތައްތައް އެބަ ކުރަން: ރައީސް ޞާލިޙް

ވެރިކަން ކުރާ އެމްޑީޕީ އެކަތިގަނޑަކަށް ހެދުމަށް ކުރައްވަން ޖެހޭ ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ އެ މަނިކުފާނަށް އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފު ގުޅުއްވުމުން، އެ މަނިކުފާނާ ބެހޭ ގޮތުން ނޫސްތަކުގައި ލިޔެފައިވާ ބައެއް ވާހަކަތައް ދެންނެވި ކަމަށާއި އޭގެ ހަގީގަތް ބައްލަވައި ދެއްވުމަށް އެދިލެއްވި ކަމަށެވެ.

"އަޅުގަނޑު ދެންނެވިން މި ކަހަލަ ކަންތައް ވިޔަ ދީގެން ނުވާނެއޭ. ޕާޓީ ތެރޭގައި ހުރި މި ކަހަލަ މައްސަލަ އުފެދޭ ކަހަލަ ކަންތަކަށް (ހާއްސަކޮށް ސީނިއަރ ލެވެލްގެ ބޭފުޅުން) ވަނުމަކީ ރަނގަޅު ކަމެއް ނޫނޭ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ލީޑަރެއްގެ ގޮތުން، އެ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ކުރައްވަން ޖެހޭ ކަންތައްތައް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ޕާޓީ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. އެކަމަކު ޕާޓީ ހިންގުމުގެ ތެރެއަށް އަޅުގަނޑު މި މަގާމުގައި ހުރެ ވަނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑަކަށް ނުފެނޭ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ޖެހޭ މައްސަލަތައް ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން އެއީ ރައީސް ޞާލިޙްގެ ދައުރު ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް