އިޖުތިމާޢީ

ދަނގެއްޗާއި މާމެންދޫ ވެސް ބަންދު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އަށް ފައްސި ވޭދަނަތަކެއް ފެނިގެން އދ. ދަނގެއްޗާއި ގއ. މާމެންދޫ ބަންދުކޮށް މޮނިޓަރިންގެ ހާލަތަށް އެ ދެ ރަށް ގެނެސްފިއެވެ.

Ads by STELCO

އެޗްޕީއޭއިން ބުނެފައި ވަނީ، ދަނގެއްޗާއި މާމެންދޫން ވެސް ކޮވިޑަށް ފައްސި ވޭދަނަތަކެއް ފެނިގެން، އެ ދެ ރަށް ވެސް މޮނީޓަރިންގަށް ލައިފައިވާ ކަމަށެވެ.

ދަނގެއްޗާއި މާމެންދޫއާ އެކު މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތީ 16 ރަށެކެވެ. އެއީ:
▪︎ ރ. ދުވާފަރު
▪︎ ކ. ކާށިދޫ
▪︎ ށ. ފީވައް
▪︎ ހއ. ތަކަންދޫ
▪︎ ދ. ކުޑަހުވަދޫ
▪︎ އއ. ހިމަންދޫ
▪︎ ތ. ހިރިލަންދޫ
▪︎ ހދ. މަކުނުދޫ
▪︎ ބ. އޭދަފުށި
▪︎ ބ. ކަމަދޫ
▪︎ އދ. ހަންޏާމީދޫ
▪︎ ހދ. ނެއްލައިދޫ
▪︎ ހއ. އިހަވަންދޫ
▪︎ ގދ. ތިނަދޫ
▪︎ އދ. ދަނގެތި، އަދި
▪︎ ގއ. މާމެންދޫ އެވެ.

ކޮވިޑް-19 ފެތުރުމާ ގުޅިގެން ތިނަދޫ ވެސް ބަންދު ކޮށްފައި ވަނީ މިއަދުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!