ސަރުކާރުގެ އަމާޒަކީ އިދިކޮޅު ލީޑަރު ފްރޭމްކޮށް ނުޙައްޤުން އަދަބުދިނުން: ޖަމީލް

ސަރުކާރުގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރ ފްރޭމްކޮށް ނުޙައްޤުން އަދަބު ދިނުންކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، <span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">އިންސާފުގެ ބެރުޖަހަމުން ވެރިކަމަށް ވަޑައިގަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ </span><span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރ ފްރޭމްކޮށް ނުޙައްޤުން އަދަބުދިނުން ކަމަށެވެ. ޖަމީލް ވަނީ ކޮރަޕްޝަންގެ މައްސަލަތައް ބެލިފައިވޭތޯ ސުވާލު ކުރައްވައިފައެވެ. އަދި ވެންޓިލޭޓަރާއި މަޙްލޫފްގެ މައްސަލައަށް އެ މަނިކުފާނުގެ ސީދާ ނުފޫޒް އެބައޮތް ކަމަށާއި އެލިސްޓް ވަރަށް ދިގު ކަމަށް ވިދާޅުވިއެވެ. </span>
https://twitter.com/mjameelahmed/status/1429293774249750528?s=21
މިއަދު ހެނދުނު 9:00އަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ އަޑުއެހުމަކީ ރައީސް ޔާމީން ދަޢުވާއަށް ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުމެކެވެ. މަނީ ލޯންޑްރިންއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.







ކޮމެންޓް