Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ރައީސް ޞާލިޙްގެ އަމަލުތައް ބަހައްޓަވާ ގޮތުން އެމްޑީޕީގެ އާންމު މެންބަރުންވެސް ތިބީ ލަދުން: ސައީދު

ރައީސް ޞާލިޙްގެ އަމަލުތައް ބަހައްޓަވާ ގޮތުން އެމްޑީޕީގެ އާންމު މެންބަރުންވެސް ތިބީ ލަދުން: ސައީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަމަލުތައް ބަހައްޓަވާ ގޮތުން އެމްޑީޕީގެ އާންމު މެމްބަރުން ވެސް މިހާރު ތިބީ ލަދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ޒަމާނީ ފެންވަރަށް ފަސް ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެންނެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޝްރޫއުތައް ފެށުމުގެ މާ ކުރިން ބައިބަޔަށް ހުޅުވާ ރިބަން ކެނޑުން ހުއްޓައިލާން ޖެހޭ ކަމަށެވެ. އަދި “ރައީސް ޞާލިހުގެ އަމަލުތައް ބަހައްޓަވާ ގޮތުން އެމްޑީޕީގެ އާންމު މެމްބަރުން ވެސް މިހާރު ތިބީ ލަދުން” ކަމަށް ސައީދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/em_saeed/status/1430520509502951431?s=21

"ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ އަތޮޅުތެރޭގައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގަވަމުން އަންނަކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ފެނާ ނަރުދަމާގެ ނިޒާމު ގާއިމު ކުރުން ފަދަ އެތައް މަޝްރޫއެއް އަތޮޅުތެރޭގައި ހިންގަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް