އިންފޮމޭޝަން ކޮމިޝަނަރަކަށް އާހިދު އައްޔަންކުރަން ރުހުން ދީފި
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލްއުސްތާޒް އަހުމަދު އާހިދު ރަޝީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އާހިދުއަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ދިނުމަށް މަޖިލީހުން ރުހުން ދިނީ 49 މެމްބަރުންގެ ވޯޓާ އެކުއެވެ.
މި މަގާމަށް އާހިދު ހޮވުމަށް ރައްޔިތުންގެ މަޖިލީހުން އިންޓަވިއު ކުރީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ. އެ ކޮމިޓީން އޭނާގެ ނަން ތަޅުމަށް ފޮނުވީ މީގެ 6 ދުވަސް ކުރިންނެވެ.
އާހިދު މީގެ ކުރިން މަސައްކަތް ކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވީ އެމަޤާމުގައި ހުންނެވި ހުސައިން ފިޔާޒް މޫސާ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
Ads by Allied Insurance