ރައީސް ޔާމީނުގެ މައްސަލައިގައި އޭސީސީގެ ކުރީގެ ނައިބު ރައީސްއަށް ޕްރެޝަރު ކުރާކަމަށް ބުނާ އޯޑިޔޯއެއް
ކުރީގެ ރައީސް، ރައީސް ޔާމީންގެ ޝަރީއަތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއައްވުޒް ރަޝީދަށް ޕްރެޝަރުތަކެއް އައިކަމަށް ބުނެ ވާހަކަދައްކާ އޯޑިއޯއެއް ލީކްވެއްޖެއެވެ.
ލީކްވެފައިވާ އޯޑިޔޯގައި މުއައްވިޒްކަމަށް ބުނާ މީހާ ބުނެފައިވާ ގޮތުގައި ރައީސް ޔާމީނާ ދެކޮޅަށް އޭނާ ހެކިބަސް ދިނީ ނޫން ކަމަށާއި ކަން ހިނގި ގޮތް ކިޔައިދިނީ ކަމަށް ބުނެފައިވެއެވެ.
“ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިނީކީ ނޫން. އޭރު ކަން ހިނގިގޮތް ކިޔައިދިނީ. ރައީސް އޮފީހުގައި ބައްދަލު ކުރިތޯ ނޫންތޯ އަހަރެން ބުނިން ނޫނެކޭ. ރައީސް ޔާމިން ބައްދަލު ކުރި ކަމަށް ބުނެ މަ ހެދީ ދޮގެކޭ” އޯޑިޔޯގައި ބުނެއެވެ.
މީގެ އިތުރުން ވެސް މުއައްވިޒްކަމަށް ބެލެވޭ މީހާ ބުނެފައިވާ ގޮތުގައި އޭނާއަށް ޕްރެޝަރު ކުރި މީހުންގެ ވިސްނުން ހުރީ އޭނާއާއި ލުތުފީ “ފުނޑައިލާން” ކަމަށާއި ޕްރެޝަރު އޮތީ ގައުމުގައި ހުރުމުންކަމަށް ވެސް ވެއެވެ.
ލީކްވެފައިވާ އޯޑިޔޯގައި މުއައްވިޒު ކަމަށް ބެލެވޭ މީހާ ބުނެފައިވާ ގޮތުގައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދޭން އޭނާ ނުދިޔަ ނަމަ އޭނާއާ ދެކޮޅަށް “އެމީހުން” އަންނާނެއެވެ.
އޯޑިޔޯގައި މުއައްވިޒްގެ އެކުވެރިއާ ރައީސް ޔާމިނަށް ކޮށްފައި ވަނީ ކޮންކަހަލަ ދައުވާއެއްތޯ އެހުމުން ޖަވާބުގައި “ސިޔާސީ ދައުވާއެއް”ކަމަށް ވެސް ވަނީ ބުނެފައެވެ.
ގާތްގަނޑަކަށް 11 މިނެޓްގެ އޯޑިޔޯގައި އޭސީސީގެ ކުރީގެ ނައިބް ރައީސް މުއައްވިޒުކަމަށް ބުނާ މީހާއަށް އެމީހުން ޕްރެޝަރ ކުރިކަމަށް ތަކުރާރުކޮށް ބުނެފައިވީ ނަމަވެސް އެއީ ކޮންބައެއްކަމެއް ބުނެފައެއް ނުވެއެވެ.
ދެންވެސް ރައްޔިތުންނޭ އެބުނާ އިންތިގާލީ އިންސާފާއި އިންސާފުގެ ދަތުރޭ ކިޔާ މިހާވާ ހަޑިއަކީ މީދޯ