ޚަބަރު ސަރުކާރު

ކުޅިވަރުގެ ވަސީލަތް ޤާއިމުކުރުމަށް ބިޔަ މަޝްރޫޢެއްގައި މާދަމާ ސޮއިކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުޅިވަރުގެ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއި ވަސީލަތްތައް ޤާއިމްކުރުމަށް ބިޔަ މަޝްރޫޢެއް ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، ކުޅިވަރުގެ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއި ވަސީލަތްތައް ޤާއިމްކުރުމަށް އެއްބަސްވުމުގައި މާދަމާ ސޮއިކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން މާލޭ ގަލޮޅު ފުޓުބޯޅަ ދަނޑު އިތުރަށް ތަރައްޤީކޮށް ނެޝަނަލް ވޮލީ އަދި ބާސްކެޓް ބޯލް ކޯޓް ތަރައްޤީކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ހދ. ކުމުންދޫ ޔޫތު ސެންޓަރުގެ މަސައްކަތް، އަދި ތ. ކަނޑޫދޫގެ ވެސް ޔޫތު ސެންޓަރުގެ މަސައްކަތް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ނެޝަނަލް ބާސްކެޓް ބޯލް ސެންޓަރެއް މަލްޓިޕްލެކްސްއެއް ހެދުމަށް މި ޕްރޮޖެކްޓްގެ ތެރެއިން ފައިނޭންސް ކުރެވިގެންދާނެ ކަމަށާއި ނެޝަނަލް ޓޭބަލް ޓެނިސް ސެންޓަރަކާއި ނެޝަނަލް ވޮލީބޯލް ކޯޓެއް އެކި ރަށްރަަށުގައި އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ރަށްރަށުގެ ތެރޭގައި ކުޅުދުއްފުށީ، ގދ.ތިނަދޫ، ފުވައްމުލައް ސިޓީ އައްޑޫ އަދި އައްޑޫ ހިތަދޫ ހިމެނެއެވެ. މީގެ އިތުރުން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރުމަށް ފައިނޭންސް ކުރެވިގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!