ނާސްތާ ޕްރޮގްރާމް އަންނަ ޖެނުއަރީ މަހު އަލުން ފަށަނީ
ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް އަންނަ އަހަރުގެ ޖެނުއަރީމަހު ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އިއްޔެ ވެލާނާގޭގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ކޯވިޑްގެ ހާލަތު ރަގަޅުވެފައިވުމާ އެކު، އަންނަ ޖެނުއަރީ މަހު އެ ޕްރޮގްރާމް އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނާސްތާ ޕްރޮގްރާމް މެދުކަނޑައިލައިފައި ވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތުން ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރުމާ އެކު ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މިނިސްޓްރީން ވަނީ ނާސްތާ ޕްރޮގްރާމް ފެށުމުން ކިރު ޕެކެޓް ބޭނުންވާ ދަރިވަރުންނަށް ކޮންމެ ދުވަހަކު ކިރު ޕެކެޓެއް ނުވަތަ ކިރު ތައްޓެއް ދިނުމުގެ އިންތިޒާމު ސްކޫލުން ހަމަޖެއްސުމަށް ސްކޫލްތަކަށް އެދިފައެވެ.
މި ސަރުކާރުން ނާސްތާ ޕްރޮގްްރާމް މެދުކަނޑައިލިއިރު، ޚަރަދުވެފައި ވަނީ 139 މިލިއަން ރުފިޔާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ވެވަޑައިގެންނެވި ރިޔާސީ ވަަޢުދެކެވެ.
ބަންދުދުވަސް ކަނޑާފަވެސް ފެށިއްޖެއްޔާ ަރނގަޅު
ދައުލަތުން ބޮޑު ޙަރަދު ކޮއްފަ ދޭތި ކަޅެއް ދޭނެކަމެއްނެތް.. އަހަރެމެންނަށް އަހަރެމެންގެ ދަރިންގެ ކެއިން ބުއިން މެނޭޖް ކުރެވޭ..!!
ކަމެއް ކޮއްދެންޔާ ތި ބަޖެޓްއިން ބުކްޝޮޕް ތަކާ ހަދައިގެން އުޅޭ ކޮންމެ ދުވަހަކު ސުކޫލައްގެންދަންޖެހޭ ލިސްޓް ކަވާރ ކޮއްލަދީ..!!
** ހިޔާލެއް **
ނާސްތާ ޕްރޮގުރާމެއް ސްކޫލަތަކުގައި ހިންގުންރަގަޅު ނަމަވެސް މިހާރު މިހިންގާގޮތަށް ހިންގުން ބޭކާރު، ޒަރޫރީ ބޭނުންތަށް ފުރިހަމަނުކުރެވޭ އާއިލާތަކުގެ ކުދިންނަށް މިކަންކޮށްދޭންޖެހޭ! ނަމަވެސް މޮޔައިންގެ 90% މަޖިލީހުން ހެދިގާނޫނުގައި ސްކޫލް ކުދިންނަށް ނާސްތާދިނުން މަޖުބޫރު! މިހެންވީމާ މިކަންކުރަންޖެހޭނެ!