ޚަބަރު ސަރުކާރު

ރ. އަލިފުށި ފަޅުގައި ރިސޯޓު ތަރައްގީކުރަނީ 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރ. އަލިފުށީ ފަޅުގައި ރިޒޯޓު ތަރައްގީ ކުރަން ނިންމައި އެކަން ކުރާނެ ބަޔަކު ހޯދުމަށް އަންނަ މަހު އިއުލާނު ކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ކުރެއްވި ސުވާލަކަަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އަލިފުށީ ފަޅުން 10 ހެކްޓަރު ހިއްކައި، އެ ބިމާ އެކު ރ.އެއްތިގިލި ފަތުރުވެރިކަން ތަރައްގީކުރުމަށް ނިންމައި އަންނަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބީލަމަށް ހުޅުވައިލާނެކަމަށެވެ.

ރ. އަލިފުށީ ފަޅުގައި ރިޒޯޓު ތަރައްގީ ކުރުމަށް ނިންމައިފައިވާއިރު އެރަށުގައި އެއާޕޯޓެއް އެޅުމަށް ނިންމައި އެރަށު ފަޅުން ބިން ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ދާދި ފަހުންނެވެ. ރ.އިފުރުގައި އެއާޕޯޓެއް އޮތް ނަމަވެސް އެ އަތޮޅުގެ ބައެއް ރަށްރަށާ މި އެއާޕޯޓު މާދުރުކަމަށް އެ ރަށްރަށުގެ ރައްޔިތުން އައީ ބުނަމުންނެވެ.އެހެން ނަމަވެސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ އަލިފުށީގައި އެއަރޕޯޓެއް އަޅަން ކުއްލިއަކަށް ހަވާލުކުރުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މިކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ ރައްޔިތުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން އަލިފުށީގައި އަޅާ އެއާޕޯޓުގެ ސަބަބުން ފައިދާ ވާނީ އަތޮޅުގެ މަދު ރައްޔިތުން ކޮޅަކަށް ކަމަށް ވެސް ބައެއްފަރާތްތަކުން ދަނީ ބުނަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!