ސިޔާސީ

ކުރީގެ ފަނޑިޔާރުންނަށާއި ޤާނޫނީ ވަކީލުންނަށް ފިޔަވަޅު އެޅުމަށް އެމްއާރުއެމްއިން ގޮވައިލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޝަރީޢަތަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ޢަމަލުތައް ހުއްޓުވޭނީ، އެ ނިޒާމަށް ނުފޫޒު ފޯރުވުމަށް މިފަދަ ސިޔާސީ އެކިއެކި ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީ ހަމަތަކުގެ ތެރެއިން އެކަށޭނަ ފިޔަވަޅުތައް އަޅައިގެން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރއެމް)އިން ވިދާޅުވެއްޖެއެވެ.

Ads by MWSC

"ދިވެހިރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތާ މެދު ޝައްކު އުފެއްދުމަށް ޓަކައި
ސިޔާސީ ބޭނުމުގައި ހިންގާ ޢަމަލުތައް ކުށްވެރިކުރުން!"  މިނަމުގައި މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ޝަރުޢީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާ މެދު 4 ސެޕްޓެމްބަރ 2021ވީ ދުވަހު، ކުރީގެ ބައެއް ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުން ނޫސްވެރިންނާއި ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކަކީ އިންޞާފު ޤާއިމުކުރުމަށާއި، ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ވަހުމާއި ނަފުރަތު އުފެދި، އެ މަސައްކަތަށް ހުރަސްއެޅިދާނެ ފަދަ ވާހަކަތަކެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ. އަދި ޢަދުލުއިންސާފުގެ ނިޒާމު ހަރުދަނާކުރުމާއި، ހަމަހަމަކަން ޤާއިމުކޮށް، ޤާނޫނުގެ ހުދޫދުގެ ތެރެއިން މަސައްކަތްކުރާ ޒަމާނީ ޑިމޮކްރަސީއަކަށް ވެށި ފަހި ކުރުމަކީ އެ ޕާޓީގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެއް ކަމަށާއި ޝަރުޢީ ނިޒާމުގެ މިނިވަންކަމާއި، އެ ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ ނިޒާމެއް ކަމުގައި ވުމަކީ އެ އަސާސްތައް ދެމެހެއްޓުމުގެ މުހިއްމު އުންސުރުތަކެއް ކަމަށް އެ ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ވިދާޅުވީ، ފަނޑިޔާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ،  ފަނޑިޔާރުންނަށާއި ހަރުދަނާވަމުންދާ މުޅި ޝަރުޢީ ނިޒާމުގެ ތެރެއަށް ނުފޫޒު މިކަމަ ށްޓަކައި، ކުރެވޭ ސިޔާސީ މަސައްކަތެއް ކަމުގައިވެސް އެ ޕާޓީން ދެކޭ ކަމަށެވެ. އަދި މުޖުތަމަޢުގެ އަމާންކަމާއި، ބާރުތައް ވަކިވެފައިވާ ހަރުދަނާ ޝަރުޢީ ނިޒާމެއް ޤާއިމްކުރުމަށް އެ ދާއިރާގެ ތެރެއިން ރޭވެމުންދާ މަސައްކަތްތަކަށާއި، އެކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކަށް ހުރަސްއެޅޭގޮތަށް މިފަދަ ވާހަކަތައް ފެތުރުން އެ ޕާޓީން ކުށްވެރި ކުރާ ކަަމަށް ބަޔާނުގައިވެއެވެ.

Ads by Allied Insurance
  1. ސަންފަ

    ކުރީގެ މީހުންގެ މައްޗަށް ފިޔަވަޅެއް އަޅާނަމަ މައުމޫނަކަށްް ނުރެކެވޭނެ ހަމައެކަނި ފަނޑި ޔާރުންގެ މައްޗަކަށް ނޫން ފިޔަވަޅު އެޅެން ޖެހޭނީކީ ވެރިކަން ކުރި މީހުންގެ މައްޗަށްވެސް ފިޔަވަޅު އެޅެން ޖެހޭނެ.ނުހައްގުން މީހުނަށް ދީފަ ހުރި އަނިޔާ ތަކާ ޖަލުގައި ބަޔަކު މަރާލި މައްސަލައިގަވެސް ފިވަޅު އަޅަންޖެހޭނެ. ތާހިރުވާނީ އަގަ ހިމޭނުން ލައިގެންް ހުރިއްޔާ.

  2. އައްމަޑޭސަމީރު

    ފަނޑިޔާރުންނަށް ރިވަތުދީ ސަރުއީދާއިރާ ޚަރާބުކުރި ްމީހުންވެސް ސަރީއައަތުގެ ކުރިމައްޗަށް ގެންނަންޖެހޭނެ.
    އެއީ ރިސްވަތު ދިންމީހާއާ ރިސްވަތު ހިފިމީއަކީ އެއްހަމައަކުން ގާނޫނީގޮތުން ކުއްވެރިންނެވެ.