ޚަބަރު ސަރުކާރު

24،000 ބިދޭސީން ފޮނުވާލައި ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ: މިނިސްޓަރ ފައްޔާޒް

ރައުފާ ރަޝީދު ، ދެން އޮންލައިން

ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ 24,000 ބިދޭސީން ފޮނުވާލައި ހިތްހަމަޖެހޭ ހިސާބަކަށް އާދެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by STELCO

އަލިފުށީގައި ޖޮބްސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީން ރަޖިސްޓަރީވާން މިނިސްޓްރީން ކުރިޔަށްގެންދާ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިޔަށްދާ ކަމަށެވެ. އަދި ހަތް ޓީމަކަށް ބަހައިލައިގެން މި މަސައްކަތް ކުރިޔަށް ގެންދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހައިތަނަށް އަމިއްލައަށް އެދިގެން 10،000 އާ ގާތްކުރާ އަދަދަކަށް މީހުން ފޮނުވާލައިފައިވާ ކަމަށެވެ. އަދި ލިޔެކިޔުން ފުރިހަމަ ނުވާ ބިދޭސީން ރަޖިސްޓަރީވާން ހުޅުވައިލުމުން 43000 މީހުން ރަޖިސްޓަރީވެފައިވާ ކަމަށެވެ.

އަލިފުށީގައި ހުޅުވުނު ޖޮބްސެންޓަރަކީ މިއަހަރުގެ އެޕްރީލްމަހު ޤައުމީ ޖޮބް ސެންޓަރުގެ ނަމުގައި މާލޭގައި ފެށި ޚިދުމަތުގެ ތެރެއިން ރަށްރަށުގައި ހުޅުވޭ ޖޮބް ސެންޓަރުތަކުގެ ފެށުމެވެ. ޖޮބްސެންޓަރުތަކުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަންކުރުމާއި ވަޒީފާއަށް އެދޭފަރާތްތަކުން ވަޒީފާއަށް ހުށަހެޅުމުން ފެށިގެން ވަޒީފާ ލިބުމާ ހަމައަށް ކުރަންޖެހޭ ކަންކަން އެއްތަނަކުން ކުރެވޭނެ މަގުފަހިކުރުމެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޮބްސެންޓަރުގެ ޚިދުމަތް ތަޢާރަފްކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެހެން ބައެއް ޚިދުމަތްތައް ވެސް ޖޮބްސެންޓަރުތަކުން ލިބޭނެގޮތް މުސްތަޤްބަލުގައި ފަހިވެގެންދާނެއެވެ.

Ads by HDC
  1. ކަނބުލޮ

    ނަތީޖާ ކިހިނެއް ރަނގަޅުވި ވާހަކަތޯ ތިވިދާޅުވަނީ؟ ބިދޭސީން ގެންނަން އެދޭ އިރަށް އޯކޭ ސިޓީ ދިނުމުން ނަތީޖާ ރަނގަޅުވީ ދެއްތޯ