ބޮލީވުޑް

ކެޓްރީނާއާ އެކު ސިއްރުން އެންގޭޖް ވިޔަސް ކާން ދޭން ޖެހޭނެ ކަމަށް ވިކީ ގާތު އާއިލާއިން ބުނި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ތަރިންނާ ބެހޭގޮތުން ފެތުރިފައިވާ ޚަބަރުތަކަށް ބަލާއިރު މިދުވަސްކޮޅު އެންމެ ގަދަޔަށް ފެތުރެމުންދާ އެއް ވާހަކައަކީ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކެއިފްއާއި އެކްޓަރ ވިކީ ކޯޝަލް މި އަހަރު ކައިވެނި ކުރަން އެންގޭޖް ވެއްޖެ ކަމުގެ ޚަބަރެވެ.

Ads by MWSC

ކެޓްރީނާ މިހާރު ކުޅެމުންދާ "ޓައިގަރ 3"ގެ ޝޫޓިންގަށް ރަޝިއާއަށް މިދިޔަ މަހު ފުރުމުގެ ކުރިން ފެންމަތިވި މި ޚަބަރާއެކު އެތައް ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ. އެއްބަޔަކު މި ވާހަކަތައް ޤަބޫލު ވެސް ނުކުރާ އިރު، އަނެއް ބަޔަކު ބުނަނީ އެއީ ހަމަ ތެދެއް ކަމަށާއި މި އަހަރުގެ ޑިސެމްބަރުގައި އެ ދެ ތަރިން ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެކްޓަރުންނާ ބެހޭ ގޮތުން އަބަދުވެސް މިކަހަލަ ޚަބަރުތައް ފެތުރުމަކީ އައު ކަމަކަށް ނުވާ އިރު، ކައިވެންޏާއި ބެހޭގޮތުން މި ދެ ތަރިން ވެސް ފާޅުގައި އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް "ސްޕޮޓްބޯއީ"އަށް ވަރަށް ފަހުން ދިން އިންޓަވިއު އެއްގައި ވިކީގެ ކޮއްކޮ ސަނީ ކޯޝަލް ވަނީ، އެންގޭޖްމަންޓުގެ ވާހަކައާ ގުުޅިގެން އޭނާގެ މައިންބަފައިން ބުނި އެއްޗެހި ކުރު ގޮތަކަށް ކިޔައިދީފައެވެ. އެގޮތުން އާއިލާއަށް ވެސް ނޭނގި ކޮށްފައިވާ އެންގޭޖްމަންޓެއްކަމަށް ބުނާ ވާހަކަ ފެންމަތިވުމާ އެކު، ވިކީ ގެއަށް އައުމުން އޭނާއާ އެމީހުންގެ މައިންބަފައިން ވަރަށް ދިމާކުރި ކަމަށް ސަނީ ބުންޏެވެ.

"ވިކީ ގެއަށް އައުމާ އެކު މަންމަ ބުނީ އަންގައިވެސް ނުލައި ކައިވެނި ކުރަން ނިންމައި، އެންގޭޖުވެސް ވީތީ ކާން ދޭން ޖެހޭނެ ކަމަށް" ސަނީ ބުންޏެވެ.

ސަނީ އިތުރަށް ބުނީ އޭނަގެ މައިންބަފައިން އެގޮތަށް ދިމާކުރުމުން ވިކީ ބުނީ، ހިޔާލީ ގޮތުން އެ އެންގޭޖްމަންޓް ވެސް ކޮށްފައިވާތީ، އެކަމުގެ އުފަލުގައި ހިޔާލީ ގޮތުން ކެއުމަށެވެ.

ކެޓްރީނާއާއި ވިކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޚަބަރުތަކަށް އެ ދެމީހުން ވެސް އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، އެކަން މުޅި ދުނިޔެއަށް ހާމަ ކޮށްލީ އަނީލް ކަޕޫރްގެ ފިރިހެން ދަރި ހަރްޝް ވަރްދަން ކަޕޫރްއެވެ. ޗެޓް ޝޯއެއްގައި ވާހަކަ ދައްކަމުން، ލޯބީގެ ގޮތުން ސިއްރުން ގުޅިގެން އުޅޭ ބަޔަކާ ބެހޭގޮތުން ވާހަކަ ދައްކަން ބުނުމުން ހަރްޝް ބުނީ ކެޓްރީނާއާއި ވިކީ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!