ޚަބަރު އިޖުތިމާޢީ

މީހާ ވަރަށް ބޮޑަށް ބޭޒާރުވެއްޖެ، މަގުމަތީގައި ވެސް އުޅެވޭ ވަރެއް ނޫން: ޔާޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބަރަހަނާ ވީޑިއޯ އާންމުކުރި މައްސަލައިގައި ހައްޔަރު ކުރި "ޔާޔާ" ނަބީލު ވަރަށް ބޮޑަށް ބޭޒާރުވެއްޖެ ކަމަށާއި މަގުމަތީގައި ވެސް އުޅެވޭ ވަރެއް ނޫން ކަމަށް އޭނާ ބުނެފިއެވެ.

Ads by STELCO

މީސް މީޑިއާއަށް ބަރަހަނާ ވީޑިއޯ އާންމުކުރި މައްސަލައިގައި "ޔާޔާ" ހައްޔަރު ކުރީ މި ހަފްތާ ތެރޭގައެވެ.

ކޯޓުގައި ނަބީލް ބުނީ ސޯޝަލް މީޑިއާގައި ދައުރުވާ އޮރިޔާންކާޑު ވީޑިއޯއަކީ އޭނާ ހަދައިފައިވާ ވީޑިއޯއެއް ނޫން ކަމަށާއި، އެ ވީޑިއޯއަކީ އޭނާގެ ވީޑިއޯއެއް ނޫން ކަމަށެވެ. އަދި ޓިކްޓޮކްއަށް 3 މިނެޓްގެ ވީޑިއޯއެއް ނުލެވޭނެކަމަށާއި ލެވޭނީ 60 ސިކުންތުގެ ވީޑިއޯ ކަމަށް އޭނާ ބުންޏެވެ.

ނަބީލް ބުނީ އެއީ ބަޔަކު އޭނާ ބޭޒާރުކުރަންވެގެން މޫނު އެޑިޓްކޮށްގެން ހަދައިފައިވާ ވީޑިއޯއެއްކަމަށެވެ. އޭނާ އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އުފައްދައިފައި ވާނެކަމަށް އިއުތިރާފްވެފައިވެއެވެ. އަދި މިހާރު ހުރީ ވަރަށްބޮޑަށް ބޭޒާރުވެފައި ކަމަށާއި މަގުމަތީގައި ވެސް ނޫޅެވޭކަމަށާއި، އޭނާއަށް މަރުގެ އިންޒާރު ދީފައިވާކަމަށް ވެސް ކޯޓުގައި ނަބީލް ބުނެފައިވެއެވެ.

ޝަރީއަތުގައި ފުލުހުން ވަނީ ބަރަހަނާވި ވީޑިއޯގައި ނަބީލް ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު، އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށް ބުނެފައެވެ.

ޔާޔާ"އަކީ އަންހެން ހެދުން އަޅައިގެން ވަރަށް ގިނައިން ފޮޓޯއާއި ވީޑިއޯ އާންމު ކޮށްފައިވާ ފިރިހެނެކެވެ. އޭނާގެ އެ ޢަމަލުތަކުގެ ސަބަބުން އެތައް ބަޔަކު ވަނީ މީގެ ކުރިން ވެސް ނުރުހުން ފާޅުކޮށްފައެވެ.

Ads by Ooredoo
  1. ހަސަނު

    ޔާޔާ”އަކީ ފިރިހެނަކަށް ވެގެން ހުރެެ” އެއްނޫނ.. ފިރިހެނަކ އަނަހެނ ހެދުނ އަޅައިގެނ ރަނޑުފާޑަށ ވައްވައ ޖެއްސީ

  2. ާޝާނާނު

    ޓިކްޓޮކްގަ މިހާރު 3 މިނެޓް ވީޑިއޯ ހެދޭ.
    https://www.google.com/amp/s/www.alistdaily.com/social/social-media-news-070721/amp/

  3. ހާލުފޮޅި

    މަގުމަތީ އުޅޭނެކަމެއް ނެތް، ޖަލުގަ އޮވޭ… ލަދުން ބޯހަލާކު ވާނުވާ ނަބީލު

  4. ސުކައި ފުރޭންޑު

    ޔާޔާ ކަލޭ ދެން މަގުމަތީިިގަ އުޅޭނެކަމެއްނެށް ކަލޭ އޮވޭ ކުޑަ ގޮޅީގަ

  5. އުޅޭނެ ކަމެއް ނެތޭ މަގުމަތީގައެއް،
    އަމިއްލައަށް ބުއި ބޮނޑިއެއް ތީ! ވިޔާނުދާ މީހުންނަށް ވާނެގޮތެ ތީ. ދެން ބުނަންވީ އެއީ އެޑިޓްއެކޭ؟؟ މިހާރު ތި ގަބޫލުކުރާނެ މީހަކު ނެތް.

  6. ކަލޯ

    މޮޅެތި ވާހަކަ ދައްކާނެ ކަމެއް ނެއިތް
    ހިސާބައްް ވުރެބޮޑަށް ފިރިހެންކުޅިވެގަނެގެން ތިމާވަރުގެ މީހަކުނެއިތް ކަމައް ހެދިގަތީމަ ވާންވިގޮއިތް ތިވަނީ ކަލޭ އޮވޭޭ ކުޑަ ގޮޅީގަ

  7. ކޮންކަމެއް

    ދެން އެއީ އޭނަ ނުކުރާކަމެކޭ ބުނީމަ އޭނަގެ މައްޗަށް ކުއްސާބިތުނުވެގެން ދޫކޮއްލާ. އޭރުން ރާއްޖެއިން ފުރައިގެން ގޮސް ޖިންސު ބަދަލު ކޮށް އަންހެނަކައް ވެގެން ރާއްޖޭގައި ނޫޅެވުނީ ހަރުކަށި ފިކުރުގެ މީހުން މަރުގެ އިންޒާރު ދޭތީއޭ ކިޔައިގެން ބޭރުގަ ހުރެގެން ދިވެހިންނަށް ހުތުރު އަރުވާ. މީދެން ބޮޑުވެއްޖެ ވަބާ އެއް މިގައުމުގަ. މިކަހަލަ މީހުންގެ ފަރާތުންވީ އެއްފަހަރުން މިންޖުވާން…

  8. ބޯހަލާކު

    ހެޔޮޮ ވިސްނުންް ދެއްވާާ ސާލިހްް ކުރައްވަވާންް ދޭވެެ. ބޯހަލާކުު…