އިމާރާތް ބައުވެ ވާރޭ ވެހޭ ދުވަސްތަކުގައި ކިޔަވައިދޭން ދަތިވާތީ ބެލެނިވެރިން ނުކުމެ ހިރިލަންދޫ ސުކޫލު ބަންދުކޮށްފި

ތ. ހިރިލަންދޫ ސުކޫލުގެ ބައު އިމާރާތުގައި ގިނަ އަދަދެއްގެ ކުދިން ކިޔަމުންދާއިރު އެ އިމާރާތް ބާވުމުގެ ސަބަބުން ވާރޭ ވެހޭ ދުވަސް ދުވަހު ކިޔަވައި ދިނުމަށް ދަތިވާތީ ބެލެނިވެރިން ނުކުމެ މުޒާހަރާކޮށް ސުކޫލު ބަންދު ކޮށްފިއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް ވިދާޅުވީ ސުކޫލު ބަންދުކޮށްފައި ވަނީ މިއަދު ބެލެނިވެރިން ކަމަށެވެ.
"މިއަދު ހެނދުނު 9:30 ހާއިރު ބެލެނިވެރިން ނުކުމެ ސުކޫލު ބަންދުކުރީ. އެ ބޭފުޅުންގެ އެންމެ ބޮޑު މައްސަލައަކަށްވީ ބާ އިމާރާތުގެ މައްސަލަ. ވަރަށް ގިނަ ދުވަސް ވެއްޖެ އެއިމާރާތުގައި ކިޔަވައިދޭތާ. ދެން ވާރޭ ވެހޭއިރު ފެން ވިއްސުމާ ކަންކަން ދިމާވޭ" ޖަލާލް ވިދާޅުވިއެވެ.
ޖަލާލް ވިދާޅުވީ މައްސަލަ ހައްލު ކުރުމަށް ބެލެނިވެރިންނާ އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާ ކުރަމުން ދާކަމަށެވެ.
"މައްސަލައަށް އަދި ހައްލެއް ނުލިބޭ. އެހެން ނަމަވެސް އަޅުގަނޑުމެން މި އެދެނީ ވީ އެންމެ އަވަހަކަށް މި މައްސަލައަށް ހައްލެއް ލިބުން" ޖަލާލް ވިދާޅުވިއެވެ.
[caption id="attachment_114299" align="alignnone" width="675"]<img class="size-full wp-image-114299" src="https://cdn.dhen.mv/wp-content/uploads/2021/09/ހިެިލަނޫޑ2.jpg" alt="" width="675" height="900" /> ހިރިލަންދޫ ސުކޫލުގައި ތަޅު އަޅުވާފައި/ ފޮޓޯ ސޯޝަލް މީޑިޔާ[/caption]
ސުކޫލުގެ ބައު އިމާރާތުގައި ކިޔަވާ ދަރިވަރުންނަށް ވާރޭ ވެހޭ ދުވަސްވަރު ދަތިތައް ކުރިމަތިވެ ގިނަ އަދަދެއްގެ ބެލެނިވެރިން މިއަދު ވަނީ ސުކޫލުކައިރިއަށް އެއްވެ ބޯޑުތަކާ އެކު މުޒާހަރާކޮށްފައެވެ. އަދި ސުކޫލުގެ ދަރިވަރުން އިންޓަވަލަށް ފަހު ސުލޫލަށް ނުފޮނުވާ ސުކޫލުގައި ވަނީ ތަޅު ވެސް އަޅުވައިފައެވެ.
1990 ވަނަ އަހަރު އިމާރާތްކޮށްފައިވާ ހިރިލަންދޫ ސުކޫލުގެ ބައު އިމާރާތުގައި ޕާޓިޝަން ޖަހައިގެން ހަދައިފައިވާ 4 ކުލާސްރޫމު ހުރެއެވެ. އެ ތަނުގައި އެއްވެސް ކުޑަ ދޮރެއް ވެސް ނުހުންނަކަމަށް "ދެން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.







ކޮމެންޓް