ރަސްފަންނު ކަޅު ތެޔޮން ތަޣައްޔަރުވެ، މޫދަށް އެރުން މަނާކޮށްފި

ކަނޑަށް އެޅުނު ކަޅުތެޔޮތަކެއް ރަސްފަންނު މޫދު ސަރަހައްދަށް އޮޔާ ވަދެ އެތަން ތަޣައްޔަރުވުމުން އެ ސަރަހައްދަށް މޫދަށް އެރުން މަނާކޮށްފިއެވެ.
މިއަދު ހަވީރުން ފެށިގެން ކަޅު ތެޔޮ އެ ސަރަހައްދަށް ވަންނަމުން އަންނައިރު، މިހާރު މޫދުގެ އިތުރުން ގޮނޑުދޮށުގެ ވެލީގައި ވެސް ތެޔޮ އޮތްކަން ފާހަގަކޮށްލެވެއެވެ.
ރަސްފަންނު ސަރަހައްދު މިހާރު އޮތީ ބަންދުކޮށްފައެވެ. އަދި އެސަރަހައްދުގައި ފުލުހުންދަނީ އެބްޒޯބެންޓް ޝީޓް ބޭނުންކޮށްގެން ތެޔޮތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
މިކަމާ ގުޅިގެން ކަމާބެހޭ ފަރާތަކުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.