ރަސްފަންނަށް ކަޅު ތެޔޮ އެޅީ ގަސްތުގައި : އީޕީއޭ

ރަސްފަންނުގެ މޫދު ތަޣައްޔަރުވީ ބަޔަކު ގަސްދުގައި މޫދަށް ކަޅުތެޔޮ އެޅުމުން ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.
ރަސްފަންނުގެ މޫދު ތަޣައްޔަރުވީ މި ދިޔަ ބުރާސްފަތި ދުވަހުއެވެ.
އީޕީއޭއިން ވިދާޅުވި ގޮތުގައި އެކަން ކޮށްފައި ވަނީ ކަނޑާވީ ފަޅިންނެވެ. ރަސްފަންނު ސަރަހައްދު ކަޅުތެލުން ތަޣައްޔަރުވެފައި ވަނީ ނެރުމައްޗަށް ލައްވި ކަޅުތެޔޮ ފީފާއަކުން ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ކަނޑަށް އެޅުނު ކަޅުތެޔޮތަކެއް ރަސްފަންނު މޫދު ސަރަހައްދަށް އޮޔާ ވަދެ އެތަން ތަޣައްޔަރުވުމުން އެ ސަރަހައްދަށް މޫދަށް އެރުން ވަނީ މަނާކޮށްފައެވެ.
ބުރާސްފަތި ދުވަަހުގެ ހަވީރުން ފެށިގެން ކަޅު ތެޔޮ އެ ސަރަހައްދަށް ވަދެފައިވާއިރު މި ތެޔޮތަކުގެ ސަބަބުން މޫދުގެ އިތުރުން ގޮނޑުދޮށުގެ ވެލީގައި ވެސް ގިނަ އަދަދަކަށް ތެޔޮ ހުއްޓެވެ. މި ތެޔޮތައް ސާފުކުރީ ސިފައިން ނިކުމެއެވެ.