Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނޫސްވެރިންނަށް އަނިޔާ ކުރި މައްސަލަ ތަހުގީގުކުރަން ގޮވައިލައިފި

ނޫސްވެރިންނަށް އަނިޔާ ކުރި މައްސަލަ ތަހުގީގުކުރަން ގޮވައިލައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ނޫސްވެރިންނަށް ފުލުހުން އަނިޔާކުރި މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)އިން ގޮވާލައިފިއެވެ.

އެމްއެމްސީން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިދިކޮޅުން ކުރިއަށް ގެންދިޔަ އެ މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި، މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާ ލިބިފައިވާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ނޫސްވެރިންނާއި މީޑިއާތަކުން ލިބިފައިވާ ކަމަށެވެ.

އެމްއެމްސީން ބުނެފައި ވަނީ، ރޭގެ މުޒާހަރާ ކަވަރ ކުރަން އުޅުނު ބައެއް ނޫސްވެރިންނަށް ފުލުހުންގެ ބައެއް އޮފިސަރުން އަނިޔާކޮށް، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ނޫސްވެރިންގެ މަސައްކަތަށް ވެސް ހުރަސް އަޅާފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާ ކުރަމުންދާހާ ހިނދެއްގައި ހަމަ އެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި އެމްއެމްސީން ބުނެފައިވެއެވެ.

އެމްއެމްސީން ވަނީ، ރޭ ގެ މުޒާހަރާ ރޫޅައިލުމުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަން ތަހުގީގު ކުރުމަށް ވެސް ގޮވައިލައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް