އިޖުތިމާޢީ

ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ހުއްޓައިނުލަން ސީއެސްސީން އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގާނޫނުން ލިބިދޭ ހައްގުތައް ބޭނުން ކުރުމުގައި ސަރުކާރުގެ އިދާރާތަކުން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އަމަލު ކުރުމަށް ސިވިލް ސާވިސް މުވައްޒިފުންގެ ބެލެނިވެރިފަރާތް ކަމުގައިވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެ މުވައްޒަފުންނަށް އިލްތިމާސް ކޮށްފިއެވެ.

Ads by Sosun Fihaara

މުސާރައިގެ މައްސަލައިގައި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން އިހްތިޖާޖު ކުރަމުން ދިޔުމުގެ އިތުރުން، ދިވެހި ސިވިލް ސާވަންޓް އެސޯސިއޭޝަނުން ވަނީ މަސައްކަތް ހުއްޓައިލައިގެން މުވައްޒިފުން އިހުތިޖާޖު ފަށާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

މިކަމާ ގުޅިގެން ސީއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން މަަސައްކަތް ކުރަނީ މުވައްޒިފުންގެ ހައްގުތައް ރައްކާތެރިކޮށްދީ މުވައްޒިފުންގެ އަޑުއަހައި މުވައްޒިފުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ.

މީގެ އިތުރުން މިހާރަކަށް އައިސް އެކި ނަންނަމުގައި ވަކި ބަޔަކު ނޭނގޭ ގޮތަށް ކޮމިޝަންގެ "ލޯގޯ" ބޭނުން ކޮށްގެން ސިވިލް ސާވިސްގެ މުވައްޒިފުންގެ ހައްގުތައް ދިފާއުކުރުމަށް ޓަކައި ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގެ އެކިއެކި އޮޅިތައް މެދުވެރިކޮށް ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފައި ވެއެވެ. އަދި ދިވެހި ސިވިލް ސާވަންޓް އެސޯސިއޭޝަނަކީ ރަޖިސްޓްރީވެފައިވާ ޖަމިއްޔާއެއް ވެސް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ސީއެސްސީން ވަނީ، އެ ޖަމިއްޔާގެ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ވެސް ސިވިލް ސާވިސް މުވައްޒަފުންނަށް އިލްތިމާސްކޮށްފައެވެ.

  1. ބުލްބުލް

    ތިކަން ނެތްވާކަށް. ދެން ރޮއެ ހޭރި އާދޭސް ކުރާނެކަމެއްނެތް. ލައްކަ ފުރުޞަތު ދެވިއްޖެ. ވީކަމެއް ހަރާން. ދެން އޮތީ މިގޮތް. މި ގޮތުން ނުވެއްޖެއްޔާ އަދި އެހެން ގޮތްތައްވެސް އެބަހުރި.

  2. ހުދުހުދު

    ސީއެސްސީ ކަންބޮޑުވަނީ މަސައްކަތް ހުއްޓާލާތީތޯ؟ އެ މަސައްކަތްތެރީންނަށް އެކަށީގެންވާ މުސާރައެއް ނުދޭތީ ކަންބޮޑެއް ނުވޭތޯ؟