ޚަބަރު ސިޔާސީ

ޕީޕީއެމްގެ އެއްވުމުގައި ފުލުހުން އަނިޔާކުރީ ދުރާލައި ރާވައިގެންކަމަށް ތުހުމަތުކުރެވޭ: ޑރ.ޖަމީލް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޑރ. މުހައްމަދު ޖަމީލް އަހުމަދު.. ދެން އިމޭޖްސް

ރޭ އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރީންނަށް ފުލުހުން އަނިޔާ ކުރީ ދުރާލައި ރާވައިގެން ކަމަށް ތުހުމަތު ކުރެވޭކަމަށާއި އެމައްސަލަ ތަހްގީގު ކުރުމަށް ގޮވާލާކަމަށް ކުރީގެ ނައިބު ރަައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޑރ. ޖަމީލް ވަނީ ޞުލްޙަވެރި މުޒާހަރާތަކަށް ގަދަކަމުން ވަދެ ޕެޕަރ ސްޕްރޭ ޖަހައި، ތަޅައި އަނިޔާކުރަނީ ކޮންކޮން ޑިމޮކްރަސީއެއްގައިތޯ ސުވާލު ކުރައްވައިފައެވެ.

"ކޮން ޑިމޮކްރެސީއެއްގައިތޯ ޞުލްޙަވެރި މުޒާހަރާތަކަށް ގަދަކަމުން ވަދެ، ޕެޕަރ ސްޕްރޭޖަހައި، ތަޅައި އަނިޔާކުރަނީ؟ ރޭ ޕީޕީއެމްގެ އެއްވުމަށް ފުލުހުން އަނިޔާކުރީ ދުރާލައި ރާވައިގެން ކަމަށް ތުހުމަތުކުރެވޭ. ތަޙްޤީޤްކުރަން ގޮވާލަން." ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ހުޅުމާލޭ "ފިޔަވަތި"ގައި ހިނގާ ކަންކަމާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން މާލޭގައި ރޭ ބޭއްވި މުޒާހަރާ ކަވަރު ކުރަން އުޅުނު ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވާ މައްސަލަ ހޫނުވެ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ގޮވައިލާފައެވެ.

މުޒާހަރާ ރޫޅާލުމުގެ ތެރޭގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ޗެނަލް13ގެ ނޫސްވެރިޔާ މުހައްމަދު ސަމާއުގެ ބޯ ފަޅައިގެން ގޮސް އަދި އެހެން ބައެއް މީޑިއާތަކުގެ ނޫސްވެރިންނަށް ވަނީ އެކި ވަރުގެ އަނިޔާވެފައެވެ. ބައެއް ނޫސްވެރިން ހޮސްޕިޓަލަށް ގެންގޮސް ވެސް ފަރުވާދީފައި ވެއެވެ.

Ads by Ooredoo
  1. މޫސަ

    އެއީ އެމް ޑީ އެން ޙަމީދު ފޯސް