ޚަބަރުކޮވިޑް ވެކްސިން ޑިޖިޓަލް ޕާސްޕޯޓް ތައާރަފްކޮށްފި

ކޮވިޑް-19ގެ އާލަމީ ވަބާއިން ދިފާޢުވުމަށް ވެކްސިން ޖަހައިފައިވާ މީހުން އެނގޭނެ ޑިޖިޓަލް ޕާސްޕޯޓް މިއަދު ތައާރަފުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ covidsafe.gov.mv މެދުވެރިކޮށް ކޮވިޑުން ދިފާޢުވުމަށް ޖަހައިފައިވާ ވެކްސިންގެ ޑޯޒާއި ކޮވިޑަށް ޓެސްޓުކުރި ނަތީޖާތައް ފެންނާނެ ކަމަށެވެ.
އެޗްޕީއޭއިން އަލަށް ތައާރަފްކުރި މި ޕޯޓަލް ބޭނުންކުރާނެ ގޮތް:
▪︎ covidsafe.gov.mv ޕޯޓަލްއަށް ވަނުމުން އައިޑީކާޑު/ ޕާސްޕޯޓު ނަމްބަރު ޖެހުމަށް ފަހު ފޯނު ނަމްބަރު ޖަހަން އަރާނެ
▪︎ އޯޓީޕީ ޖެހުމަށް ފަހު ޕޯޓަލްއަށް ވަދެވޭނެ
▪︎ މައުލޫމާތުތައް ރައްކާތެރިކުރުމަށް ޕޯޓަލްއަށް ވަދެވޭނީ އެޗްޕީއޭއަށް ކުރިން ދީފައިވާ ފޯނު ނަމްބަރުން އެކަނި
▪︎ އެމީހެއްގެ ކޮވިޑް ސްޓޭޓަސްގެ މައުލޫމާތު ކިއުއާރު ކޯޑަކުން އެހެން މީހުންނަށް ވަކި ވަގުތެއް ވަންދެން ހިއްސާ ކުރެވޭނެ އަދި ވެކްސިން ސެޓްފިކެޓް ޕްރިންޓު ކުރެވޭނެ
https://twitter.com/HPA_MV/status/1440961260212736003?s=20
ކޮވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޖަހައިފައިވާކަން އަންގައި ދިނުމަށް ޓަކައި މިހާރު ބޭނުން ކުރަމުންދަނީ ކާޑެއް އެކަންޏެވެ. ނަމަވެސް ބައެއް ގައުމުތަކުން އެ ކާޑު ބަލައިނުގަންނަކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ބައެއް މީހުން ކޮށްފައިވެއެވެ.
ކޮމެންޓް