Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އެމްޑީޕީގެ ދާއިރާތަކުގެ ވޯޓްލުން ކުރިއަށްދަނީ ރަނގަޅު އިންތިޒާމްތަކާއެކު : ހަސަން ލަތީފް

އެމްޑީޕީގެ ދާއިރާތަކުގެ ވޯޓްލުން ކުރިއަށްދަނީ ރަނގަޅު އިންތިޒާމްތަކާއެކު : ހަސަން ލަތީފް

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދާ ކަމަށާއި ވޯޓުލުން ކުރިއަށްދަނީ ރަނގަޅު އިންތިޒާމްތަކާއެކުގައި އޮމާންކަމާ އެކު ކަމަށް އެޕާޓީގެ ޗެއަރ ޕާރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް ހާސް ބަޔަކު އެދަނީ މި ހަރަކާތުގައި މުޅި ރާއްޖޭގައި ބައިވެރިވަމުންކަމަށެވެ.

"އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓްލުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އެބަދޭ. ވޯޓްލުން ކުރިއަށްދަނީ ރަނގަޅު އިންތިޒާމްތަކާ އެކު އޮމާން ކަމާއެކު އެތައް ހާސް ބަޔަކު އެދަނީ މި ހަރަކާތުގައި މުޅި ރާއްޖޭގައި ބައިވެރިވަމުން" ހަސަން ލަތީފްގެ ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/hassanlatheef/status/1441703258720903172?s=21

ޕާޓީގެ އެތެރޭގެ އިންތިހާބުގެ ކަންކަން ކުރިއަށް ދަނީ ރަނގަޅު އިންތިޒާމުތަކާއެކުގައި ކަމަށް ހަސަން ވިދާޅުވި ނަމަވެސް އިންތިހާބުގެ ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސައިފައިވާ ގޮތް ވަރަށް ދޯދިޔާ ކަމަށް، އެ ޕާޓީގެ ފަރާތުން މާލޭ ދާއިރާގެ ރައީސްކަމަށް ވާދަކުރައްވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ މިއަދު ވިދާޅުވެފައެވެ.

އެ އިންތިހާބަށް ވޯޓުލާން ދިޔަ މީހަކު ކަންބޮޑުވުން ފާޅުކޮށް ކޮށްފައިވާ މެސެޖެއްގެ ފޮޓޯ ޓްވިޓާގައި ހިއްސާކުރައްވަމުން އަކްރަމް ވިދާޅުވީ ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސައިފައިވާ ގޮތް ވަރަށް ދޯދިޔާ ކަމަށެވެ. އަދި ގިނަ ވޯޓު ފޮށިތައް ކައިރީގައި އިނީ އެންމެ އޮފިޝަލެއް ކަމަށާއި އެ އޮފިޝަލު އެކަނިމާއެކަނި ވޯޓްލާން ދާން މީހުންގެ ލިސްޓް ޗެކްކޮށް އެހެން މަސައްކަތްތައް ވެސް ކުރަމުންދާކަން އަކްރަމް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ ބައެއް ވޯޓު ފޮށިތަކުގައި ނަންބަރު ނެތް މައްސަލަ ވެސް ފާހަގަވެފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް