ބޮޑު ތަފާތަކުން ގަމު ދާއިރާ ރައީސަކަށް ފައްޔާޒް!

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލ.ގަމު ދާއިރާގެ ރައީސްކަން ތަފާތު ބޮޑު ނަތީޖާއަކުން ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ކުރިޔަށް ދިޔަ އެމްޑީޕީގެ އެތެރޭ އިންތިޚާބުގައި ފައްޔާޒް ކާމިޔާބު ހޯއްދެވީ އެހެން ދެ ކެނޑިޑޭޓުންނާ ވާދަކޮށެވެ. އެއީ، ޢަލީ އިބްރާހީމާއި އިސްމާއިލް ޒަކީއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަ ކުރެއްވި ތިން މިނިސްޓަރުން ވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައިފައެވެ. އެއީ ފައްޔާޒްގެ އިތުރުން، ޔޫތު މިސްޓަރު މަޙްލޫފާއި ފިނޭންސް މިނިސްޓަރު އަމީރެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މިފަހަރު ފޯރިގަދަ ވެގެންގޮސްފައި ވަނީ ނިޒާމީ ބަހުސާއެކުގައެވެ. ރައީސް ނަޝީދު ވަނީ އިންތިޚާބުގެ ކެންޕެއިންގައި އެމަނިކުފާނު ތާއީދު ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެނޑިޑޭޓުންނަށް ކަމަށް ވިދާޅުވެފައެވެ.
އެއްދާއިރާއަށް.2. ދައުރުހޮވުމަކީދާއިރާގެބޭފުޅުން ގެލޯބިލިބިފަވާމީހަކައްނޫނިީނުވާވަރުގެކަމެއްކަންޔަގީންބޯހަންވިލާގޭ.2. ކުދިން.ލ.ގެ.2 .ދާއިރާކާމިޔާބުކުރީމާ.މަޖިލީހުގެުރައިސްކަލޯގެޔާމީކާމިޔާބީ.ދެންލަލާ