ޚަބަރު އިޖުތިމާޢީ

ފޯކައިދޫ ސުކޫލުގައި ދަރިވަރުންނާއި ބެލެނިވެރިންގެ ހާޒިރުގައި ރަސޫލާއަށް ފުރައްސާރަވާ ފަދަ ގޮތަކަށް މަދަހައެއް ކީ މައްސަލައެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޯކައިދޫ: ފޮޓޯ ގޫގުލް

ށ. ފޯކައިދޫގައި ސުކޫލުގައި ދަރިވަރުންނާއި ބެލެނިވެރިންގެ ހާޒިރުގައި ރަސޫލާއަށް ފުރައްސާރަވާ ފަދަ ގޮތަކަށް މަދަހައެއްކީ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by MWSC

"ދެން"އަށް ލިބިފައިވާ ވީޑިޔޯގައި ފެންނަނީ ރަސޫލާއަށް ނިސްބަތްކޮށް ކިޔައިފައިވާ މަދަހައެއްގެ އެއް ކަޑި ކިޔުމަށް ފަހު ދެވަނަ ކަޑިއަށް މުޅިން އެހެން ވާހަކައެއް ހަމަ އެރާގުގައި ކިޔާ މަންޒަރެވެ. އެއާ އެކު ހޯލުގައި ތިބި ދަރިވަރުން ހޭން ފަށާ އަޑު އިވެއެވެ.

މި މައްސަލައާ ބެހޭ ގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ސުކޫލުގެ ޕްރިންސިޕަލް މުހައްމަދު މަތީން ވިދާޅުވީ އެކަމަކީ ސައުންޑް ޓެސްޓް ކުރުމުގެ ތެރޭގައި ހިނގައިދިޔަ ކަމެއް ކަމަށާއި އެއީ އެއްވެސް ހާލެއްގައި ގޯސް ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

"އެއީ ވަރަށް މަޖާ ޓީޗަރެއް. މުބާރާތް ތެރެއަކުން ވެސް ނޫން އެއީ. ސޯލޯ ޕާފޯރމެންސް ނިންމާފަ ގުރޫޕް މަދަހަތައް ކިޔުމުގެ ކުރިން ޖަޖުން ބޭނުންވީ ސައުންޑް ޓެސްޓްކޮށްލަން. ދެން ތަންކޮޅެއް މަޖާ ޓީޗަރެއްވީމާ މަޖާކޮށްލަން ކުރިކަމެއް އެއީ. އެއްވެސް ހާލެއްގައި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ނިޔަތަކު ނޫން އެ ޓީޗަރު އެކަން ކުރީކީ." މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ އެވަގުތު އެތާ ތިބި އެއްވެސް ބެލެނިވެރިއެއްގެ ޝަކުވާ ލިބިފައިނުވާ ކަމަށާއި، އެޓީޗަރަކީ ވަރަށް ގިނަ ކުދިންގެ ލޯބި ހޯދައިފައިވާ މަޖާ މުދައްރިސެއްކަމަށެވެ. އަދި މިކަން ހިނގައި ދިޔަ ވަގުތަކީ ކުދިންނަށް ބްރޭކެއް ދީފައިވާ ވަގުތުކަމުން ގިނަ ކުދިން ހޯލްގައި ވެސް ނެތް ކަމަށެވެ. އަދި މިއީ ދެގަޑި އިރުގެ ލައިވްއެއްގެ ތެރެއިން އައި ބްރޭކް ގަޑީގައި ހިނގިކަމަކަށް ވާއިރު އެތަންކޮޅު ވަކިން ނަގައިގެން ގުރޫޕްތަކުގައި ވައިރަލްކޮށް ހެދުމުން ވަރަށް ދެރަވާކަމަށް އޭނާ ވިދާޅުވިއެވެ.

Ads by Allied Insurance
  1. ކޮން ދެރައެއް ،، ހަމަ ފުރައްސާރައަށް އެވެސް ވާނީ، މަޖާ ކުރަން އެރާގުގަ މަދަހަ ނޫން އެއްޗެއްވެސް ފެށޭނެ ދޯ،، ކީއްކުރަން މަދަހަ އެއް ފެށީ،، ހައްދެއް އޮންނަން ވާނެ މަޖާ ކުރުމުގަވެސް

  2. އަޖާއިބު.

    ރަސޫލާއަށް ފުތރައްސާރަ ކުރުމަކީ މަޖަލަށް ކުރެވިދާނެ ކަމެއްތޯ؟

    • At-Taubah 9:65

      وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُۚ قُلْ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ

      ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟

      get Quran App:bit.ly/AlQuranApp

      #GreentechApps

  3. މޮހޮރު

    ކިތަންމެ މަޖާޓިޗަރަކަސް މަޖަލަކަށް ވެސް ރަސޫލާޔަށް ފުރައްސާރަ ކޮށް މަޖަލެއް ނުކުރެވޭނެ ވަރަށް ސާފުކޮށް މިބުނީ ްެްެްެްެްެްެްެްއެޓީޗަރަށް ފިޔަވަޅު އެޅުމަށް ގޮވާލަން ބެލެނިވެެޖންތިއްބާ މިފަދަ ކަންކަން މިފަހަކަށް އައިސް މި ހިނގަނީ މިވެސް އަޖައިބު ވާން ޖެހޭކަމެއް.!

  4. ގޮމަކަސްތޫރި

    ކިތަންމެ މަޖަލެއްނަގާ ނަށަމުން ދިޔަޔަސް މިސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖޭގައި ކީރިތި ރަސޫލާއަށް ހަޖޫޖަހާ ﷲގެ ޒާތުފުޅާމެދު ސުވާލު އުފައްދޭފަދަ އޯޑިއޯއާއި ވީޑިއޯ ސައުންޑު ސިސްޓަމާއި ދަރިވަރުން ޓެސްޓްކުރުމަށް ޖައްސައިގެން ނުވާނެ. މިކަންހިގާދިޔަގޮތެއް މިކަމުގާ ޒިންމާވާންޖެހޭ ފަރާތްތަކުން ބަލާ އަވަސް ފިޔަވަޅު އަޅުއްވާ. ކިތަންމެ މަޖާޒީ ޓީޗަރަކަށް ވިޔަސް ކުރަންޖެހޭ ކަންތައްތަކާ ކޮށްގެންނުވާނެ ކަންތައްތަކެއް ހުންނާނެ. މީގެންއެގޭ އެއްޗަކީ ސްކޫލްތަކުގެ ދަރިވަރުންގެ ހިތްތަކުގައިވެސް މިފަދަ ހަޑިމުޑުދާރު އެތަށްކަމެއް ހިންގުމަށް ފަހިފުރުސަތު މިހާރުއޮތްކަން. ހިތާމައިގެ ކޮޅެއްނެތް.

  5. ޖާނޭ

    ފުރަތަމަ ކުރާނީ މަޖަލަކަށް. ދެން ކަމެއް ނުވީމާ ފާޅުގައި ކުރާނީ. ޔަހޫދީން ހޮނިހިރު ދުވަހު މަސް ހިފުން މަނާވީމާ މަސްހިފަންވެސް ފެށި ތިޒާތުން. ރާއްޖޭގައި ލާދީނިއްޔަތު ފަތުރާ މީހުނަވެސް ފުރަތަަ ކުރަނީ މަޖަލަކަށް ޖޯކަކަށް ހަދާފައި. ފަހުން ލަދުކަނޑާލާފައި ފަށަނީ. މަޖަލަކަށްވެސް ނުކުރެވޭނެ ކަންކަން އެގެން ޖެހޭނެ. އެވަރު ނޭގޭ ޓީޗަރުން ތިބުމަކީ ނުރައްކއުތެރިކަމެއް. ހަމަ މިހާރު އެޓީޗަރު ފޮނުވާލާ. ﷲ އާއި ރަސޫލާ އަށް ޖޯކް ނުޖެހޭނެ ކަން ދެން ތިބީންނަށް ވެސް އެގެން އެބަޖެހޭ. ސަރުކާރުންވެސް މިކަން ސީރިއަސްކޮށް ބަލަން ޖެހޭނެ.

  6. ޙުސެން

    މަޖާ ޓީޗަރެއް ވީމާ ދެން މަޖަލަކަށް ހެޔޮ ދޯ ކޮންމެ ކަމެއް ކުރިޔަސް. ކިތަންމެ މަޖާ ޓީޗަރަކަސް މަޖާ ކުރަންވާނީ ވަކި ހައްދެއްގެ ތެރޭގާ. ޓީޗަރަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން.

  7. ލާކު

    މަޖަލަކަށް ވެސް ނުކުރެވޭ ވަރުކަމެއް ކުރެވިގެންނުވާނެ. ޟުޖްތަމައާއި ދީނީސަގާފަތް އެކަން މަޖަލެއްގެ ގޮތުގައި ބަލައި ނުގަތީތީ އެ ޝަކުވާ ކުރެވުނީ. ޓީޗަރަށް އިމުންބޭރުނުވުމަށް ނަސޭހަތް ދެއްވާވާ

  8. ކުދިން

    ތި ޓީޗަރ އަކީ ޕްރިންސިޕަލްގެ ވަރަށް ގާތް މީހެއް ކަމަށް ލަފާކުރެވޭ.

  9. ނާތަހުޒީބު

    ތިފަދަ ޓީޗަރުން ބައިތިއްބާނެ ކަމެއްނެތް،، ޓީޗަރުގެ ދިފާއުގަ ޕްރިންސިޕަލް ވާހަކަ ދައްކާނެ ޖާގައެއްނެތް. ކޮންމަޖަލެއް

  10. މިސަރުކާރުން ދީނަށް ފުރައްސާރަ ކުރަމުން ދުވާއިރު އެއްޗެކޭ ބުނާނެއެކަކުވެސް ނުވާތީ ހަމަ ހައިރާންވަން ��