ޚަބަރު

ދެން އޮތީ މާލޭ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދުމަށް ޕާޓީތެރެއިން މަސައްކަތް ފެށުން: ޝިފާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދެން ކުރަން އޮތް އެންމެ މުހިންމުކަމަކީ މާލޭ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދުމަށް ޕާޓީ ތެރެއިން މަސައްކަތް ފެށުން ކަމަށް އެމްޑީޕީގެ މާލެ ސިޓީ ދާއިރާގެ ރައީސްކަމަށް އިންތިޚާބުވި ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީސް މީޑިއާގެ ޒަރީޔާތަކުން، ހުއްޓުމެއް ނެތި ތާއީދު އޮއްސަމުން ގެންދެވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށާއި މާލޭ ރައްޔިތުންގެ ނިންމުމުން ސާފުވެގެން ގޮސްފައި ވަނީ ޕާޓީން ވެފައިވާ ވައުދުތަކާއި، ސިޔާސަތުތަކާ އެކު މަސައްކަތް ފެށުންކަމަށެވެ. އަދި މިކަން ކުރުމުގައި ޕާޓީގެ ތެރެއިން މަސައްކަތް ފަށަން ޖެހޭ ވަގުތަކީ މިއީ ކަމަށާއި، މިކަން ކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިހާބުގައި މާލޭ ދާއިރާގެ ރައީސް ކަމަށް ޝިފާ އިންތިހާބު ވެފައި ވަނީ އަކުރަމް ކަމާލުއްދީންއާއި އަހުމަދު މުނާޒު މޫސާއާ ވާދަކޮށެވެ. އަކްރަމަކީ މިހާރު ވެސް އެމްޑީޕީ މާލެ ދާއިރާގެ ރައީސެވެ. މި އިންތިހާބުގައި 3 ރަށެއް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވޯޓުލުން ކުރިއަށް ގެންދިޔައެވެ.

  1. ސިފަ

    އަޅެ ސިފާ ހައްގު ވާމިންވަރު ބުނެލ ދީބަލަ.

  2. ސަންފަ

    ކޮން ހައްގުވާ މިންވަރެއްގެ ވާހަކައެއް ތިޔަ ދައްކަނީ . ޕާޓީގެ މަގާމް ތަކަށް މީހުން ހޮވައިގެން މިހާތަނަށްް ރައްޔިތުންނަށް ކޮށްދިން ކަމަކީ ކޮބައިބާ އަޅެ ގޮއްޔެ އެކަމެއް ފުރަތަމަ ބުނެދީ ބަލަ . ގޮއްޔެގެ ބަހުރު ވައިން ބުނާނަމަ ހަޔާތް ކުޑަކަމުން ތިޔަފަދަ ވާހަކަ ތިޔަ ދައްކަނީ .