Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި މަހިބަދޫ މޮނިޓަރިންއަށް ލައިފި

ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި މަހިބަދޫ މޮނިޓަރިންއަށް ލައިފި

ކޮވިޑް-19ގެ ވޭދަނަ ތަކެއްފެނި އދ. މަހިބަދޫ މޮނިޓަރިންއަށް ލައިފިއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު އަލީ ވިދާޅުވީ އެރަށުން ކޮވިޑަށް ފައްސިވެފައި ވަނީ މާލެއިން ރަށަށް ގޮސް ކަރަންޓީނު ވެގެން ތިބި އާއިލާއަކާއި އެއާއިލާއާ ގުޅުން ހުރި ބައެއް ކަމަށެވެ.

"ފައްސިވެފައި ވަނީ މާލެއިން ރަށަށް އައިސް ކަރަންޓީނު ވެގެން 14 ދުވަސް ހަމަވެގެން ސާމްޕަލް ނެގި އާއިލާއެއް. ދެން އެއާއިލާއައި ގުޅުން ހުރި ބައެއް. ޖުމްލަ 10 މީހުން. އިއްޔެ ނަތީޖާ ލިބުނީ" ރަޝާދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އޭނާ ވިދާޅުވީ މަހިބަދޫއިން ކޮވިޑް-19ގެ ވޭދަނަތަކެއް ފެނުނު ނަމަވެސް ރަށުގެ އާއްމު ހާލަތު ރަނގަޅުކަމަށެވެ. އަދި އެރަށުން ފެނުނު ކޮވިޑް-19ގެ ވޭދަނަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"28 ސެޕްޓެމްބަރގައި ފައްސިވި ފުރަބަންދުގައި ހުރި ފަރާތާ ގާތުން ބައްދަލުވި 10 ފަރާތެއް ވަނީ ކޮވިޑަށް ފައްސިވެފައި. މި ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުން ދާވާހަކަ ދަންނަވަން."  އދ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވިއެވެ.

މިއާ އެކު އެރަށުން މިހާތަނަށް ޖުމްލަ 41 މީހަކު ވަނީ ކޮވިޑް-19އަށް ފަައްސި ވެފައެވެ. މީގެ ތެރެއިން 26 މީހުން ބަލިން ރަނގަޅުވެފައި ވާއިރު ބަލި ޖެހިފައިވާ 15 މީހުން މިވަގުތު ވެސް އެރަށުގައި އެބަތިއްބެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް