Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

މަހުޖަނުންނަށް ފާޑު ކިޔުމަކީ ދިވެހިންގެ އާދައެއް، އެކަން އެގޮތަށް ނުކުރޭ: މިނިސްޓަރ ނަސީމް

މަހުޖަނުންނަށް ފާޑު ކިޔުމަކީ ދިވެހިންގެ އާދައެއް، އެކަން އެގޮތަށް ނުކުރޭ: މިނިސްޓަރ ނަސީމް

މުއްސަނދިންނަށް ފާޑުކިޔުމަކީ ދިވެހިންގެ މެދުގައި އޮތް ގޯސް އާދައެއް ކަމަށާއި އެ ގޮތަށް ކަންތައް ނުކުރުމަށް، މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ޓޫރިޒަމުގެ ރަންޔޫބީލްގެ ކައުންޓްޑައުން ހަފުލާގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ވިޔަފާރި ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަކީ ވަރަށް ބުރަ މަސައްކަތް ކުރައްވައިގެން މި ދާއިރާގެ ތެރޭގައި އުޅުއްވި ބޭފުޅެއް ކަމަށެވެ.

އަދި އެމަނިކުފާނު ރިސޯޓްތައް ހިންގި އިރު ގާސިމް ތެޔޮ ފޯރުކޮށްދެއްވާ ހަނދާން ވާ ކަމަށް ނަސީމް ވިދާޅުވިއެވެ.“ކަނޑި އުނގުޅާފައި ހުރި ރިޔާ ނެގި ދޯންޏެއްގައި ގާސިމް ދަތުރު ކުރައްވާނީ އެއް ރަށުން އަނެއް ރަށަށް ތެޔޮ ފޯރުކޮށްދެއްވަމުން،" ނަސީމް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ނަސީމް ވިދާޅުވީ ގާސިމްގެ މަސައްކަތް ދިވެހިން ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި އަމިއްލަ މަސައްކަތް ކޮށްގެން ހޯދާ އެއްޗަކީ ދިވެހިންގެ ތެރޭގައި އެއްވެސް އެއްޗެއް ނޫން ކަމަށާއި “މަހުޖަނުން ދުވަހަކު ވެސް ރަނގަޅު ކަމެއް ނުކުރާނެއޭ އެއީ ނުބައި ބަޔެކޭ ބުނެ ބޮޑު ބްރޭންޑެއް ލާފައި އޮތީ،" ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާ މެދު ދެކޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މަހުޖަނުންނަށް އެއްޗެހި ނުކިޔާ އެފަދަ މީހުންނަށް އިހުތިރާމުކޮށް ސަޕޯޓު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް