Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ޤައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ރައީސް ޤައުމާ މުޚާތަބު ކުރައްވާނެ

ޤައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ރައީސް ޤައުމާ މުޚާތަބު ކުރައްވާނެ

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާތަބު ކުރައްވާނެއެވެ.

ރައީސް ޤައުމާ މުޚާޠަބު ކުރައްވާނީ، މާދަމާ ރޭ 8:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މާދަމާ ރޭ ބާއްވާ ހާއްސަ ޖަލްސާގައި މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން ވެސް ކުރިޔަށްދާނެއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކޮށް، މިއަހަރު 1 ވަނަ ދަރަޖައިގައި ފާސްވި 11 ޙާފިޡުންނަށް ރައީސް ދެއްވާ ޚާއްޞަ މެޑެލް ވެސް މި ޖަލްސާގައި ދެއްވާނެއެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސްދުވަހުގެ ދިގު އަޅުވެތިކަމަށް ފަހު ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންވުމުގެ ހަނދާން އައުކުރުމުގެ ގޮތުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް