ފައިސާ ދެއްކުމަށް ފަހު ލިޓަސްއިން ސައިކަލް ހޯދުމަށް ކުރަން ޖެހޭ އިންތިޒާރީ ދިގު !

ރާއްޖޭގައި ފުޅާދާއިރާއެއްގައި ސައިކަލުގެ ވިޔަފާރި ކުރަމުން އަންނަ ލިޓަސް ކުންފުނިން ސައިކަލުގެ ފުލް ޕޭމެންޓް ނެގުމަށް ފަހުގައި ސައިކަލުތައް ހަވާލު ކުރުމުގައި ލަސްތަކެއް ކުރިމަތިވާ މައްސަލަ ފެންމަތިވެއްޖެއެވެ.
މިކަމާ ގުޅިގެން ޓްވިޓަރގައި ގިނަ ބަޔަކު ޝަކުވާތައް ކޮށްފައި ވެއެވެ. އެކަކު ބުނެފައި ވަނީ ސައިކަލަށް ފުލް ޕޭމެންޓް ދެއްކިތާ މިހާރު މަހެއް ވެގެންދާއިރު، އަދިވެސް ސައިކަލު ނުލިބޭ ކަމަށެވެ. ކޮނޑަށް ލައިގެން ދަރިފުޅު ހުޅުމާލޭ ފޭސް ދެއަކުން ބަސް ސްޓޮޕަށް ގެންދިޔަ މަންމައަށް ސައިކަލު ހަދިޔާ ކުރިކަމަށް އިއުލާންކުރި ޕޯސްޓް ޝެއަރ ކުރަމުން އެހެން މީހަކު ބުނެފައި ވަނީ، އެ މަންމައަށް ސައިކަލު ހަދިޔާ ކުރުން އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެހެން ނަމަވެސް އޭނާ ވެސް ސައިކަލު ގަތީ ދަރިފުޅު ސްކޫލަށް ލާ، ވަޒީފާއަށް ދާން ކަމަށެވެ. އެހެން ނަމަވެސް މަހެއް ވެގެންދާއިރު ވެސް ސައިކަލު ނުލިބުމުން ވަރަށް ދަތިވާ ކަމަށް ޓްވީޓްގައި ބުނެފައިވެއެވެ.
https://twitter.com/shamoosharyf/status/1445323407709532163?s=20
ޕޯސްޓްގައި އިތުރަށް ބުނެފައި ވަނީ ސައިކަލު ގަތީ އައްޑޫގައި ސައިކަލު ހުރި ކަމަށް ބުނުމުން ކަމަށާއި އަދި އައްޑޫއިން އެ ސައިކަލު 15 ދުވަސް ތެރޭ ލިބޭނެ ކަމަށް ބުނުމުން ކަމަށެވެ. އެހެން ނަމަވެސް މަހެއް ވެގެން ދިޔައިރު ވެސް ކްލިއަރެންސް ވެސް ނުފަށާ ކަމަށް އެ ޓްވީޓްގައި ބުނެފައިވެއެވެ.
އިތުރު ފަރާތްތަކުން ވެސް ސެޕްޓެންބަރު މަހު 15ވަނަ ދުވަހު ސައިކަލަށް ޕޭމެންޓް ދެއްކި ނަމަވެސް އަދިވެސް ސައިކަލު ނުލިބޭ ކަމަށް ބުނެ މީސްމީޑިއާގައި ދަނީ އަޑު އުފުލަމުންނެވެ. މިކަމާ ގުޅިގެން "ދެން"އިން ލިޓަސްގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
https://twitter.com/Lauzas_art/status/1445611084874805250?s=20
https://twitter.com/slvrwind/status/1445636099590606857?s=20
ލިޓަސްއިން ގަނެފައިވާ ސައިކަލުތައް ނުލިބިގެން އެކަމުގެ ޝަކުވާ އެފަރާތުގެ ފޭސްބުކް ޕޭޖްގެ ކޮމެންޓް ސެކްޝަނުގައި ވެސް ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. މީގެ އިތުރުން ޕްރޮމޯޝަންތަކުގައި ގަންނަ ސައިކަލު ގަންނަ ކުލަ ނޫން އެހެން ކުލައެއް ފޯރުކޮށްދިނުމާއި އަދި ގަތް ކުލައަށް ބަދަލު ކުރާ ނަމަ އިތުރަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ބުނެ އޮޅުވައިލުމުގެ މައްސަލަތައް ވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ. އަދި އިންސްޓޯލްމެންޓަށް ދޫކުރާ ސައިކަލުގެ ރެޖިސްޓްރީ ބަދަލުނުވެ އެތައް އަހަރެއް ވެގެންދާއިރު، އެކަމުގެ ޝަކުވާ ކަސްޓަމަރުން ކުރުމުން ވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ލިޓަސްއިން ނުދޭ ކަމަށް ބައެއް ކަސްޓަމަރުން ބުނެއެވެ.






ކޮމެންޓް